ފަހުގެ ޚަބަރު


އިތުރަށް...

އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލެއް ކޮމާންޑަރުކަމުން ވަކިކޮށްފި

ލިޔުނީ: Unknown - Friday, October 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޓްރެއިނިންގ އެންޑް ޑޮކްޓަރޭޓް ކޮމާންޑްގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޝަމާލް އެމަގާމުން ވަކިކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބްދުއްރަހީމްވެސްވަނީ ޝަމާލް ކޮމާންޑަރުކަމުން ވަކިކޮށްފައިވާކަން ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ޓްރެއިނިންގ އެންޑް ޑޮކްޓަރޭޓް ކޮމާންޑްގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޝަމާލް އެމަގާމުން ވަކިކުރި ނަމަވެސް ޝަމާލް އަދި ސިފައިންގެއިން ވަކިކޮށްފައެއް ނުވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޝަމާލް އަކީ ޤާނޫނު އަސާސީ ދަމަހައްޓާނެކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސްއަށް ސިޓީ އެއް ފޮނުވިއިރު އެސިޓީގައި ސޮއިކޮށްފާވައި އޮފިސަރުންގެ ތެރެއިން އެންމެ ފުރަތަމަ ސޮއިކުރައްވާފައިވާ ފަރާތެވެ.

ބްރިގޭޑިއަރ ޖެނެރަލް ޝަމާލްއަކީ އދ ގެ ސީނިއާ އެކްސްޕާޓްސް އޮން ސެކިއުރިޓީ ސެކްޓާ ރިފޯމް (އެސްއެސްއާރު) ރޮސްޓާގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ދިވެހި ފަރާތެވެ.

ރޮސްޓާގައި ބްރިގޭޑިއާ ޝަމާލް ހިމެނިވަޑައިގެންނެވީ މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ.ގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ 40 ބޭފުޅުންގެ މައްޗަށް އެކުލަވާލެވިފައިވާ ރޮސްޓާގައި މީގެ ކުރިން ދުވަހަކުވެސް ދިވެއްސަކު ހިމެނިފައެއް ނުވެއެވެ. އެމްއެންޑީއެފުން އޭރު ބުނީ ބްރިގޭޑިއާ ޝަމާލް އެ ރޮސްޓާގައި ހިމެނިވަޑައިގެންނެވުމަކީ ރާއްޖެއަށާއި، އެމްއެންޑީއެފްއަށް ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް