ފަހުގެ ޚަބަރު


އިތުރަށް...

ލ. ކައްދޫ އެއަރޕޯޓަށް ޔޫރަޕުގެ ބޯޓުތައް ޖެއްސޭފެންވަރަށް ތަރައްޤީ ކޮށްދޭނަން - ރައީސް ނަޝީދު

ލިޔުނީ: Unknown - Friday, October 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި ލ. ކައްދޫ އެއަރޕޯޓަށް ޔޫރަޕުގެ ބޯޓުތައް ޖެއްސޭފެންވަރަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ އިއްޔެ ލ. ފޮނަދޫ އެމްޑީޕީ ސަޕޯޓަރުންނާއި މުޚާތަބުކުރައްވަމުންނެވެ. އިއްޔެ ހެނދުނު ފޮނަދޫ މެދުއަވަށު ގައި ހުންނަ އެމްޑީޕީ ނިއުހޯމް ސިޓީ ޖަގަހަކައިރީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިފައިވާ ވިޔަފާރީގެ ތިން ސިޔާސަތަކީ ލ. އަތޮޅަށް ވަރަށް އެކަށޭނަ ސިޔާސަތުތަކެއް ކަމަށެވެ. އޭގެ ތެރެއިން ޓުރިޒަމްގެ ވިޔަފާރި ލ. އަތޮޅުގައި ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުވާލައްވަމުން ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ މި އަތޮޅުގައި ތިންހާސް ޓުއައިރިސްޓް އެނދު ބިނާކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ސީދާ ޔޫރަޕުން ބޯޓުތައް ކައްދޫގައި ޖެއްސޭގޮތް ހެދުމަށް އެ އެއަރޕޯޓް ތަރައްޤީކުރައްވާނެ ކަމަށެވެ.

ލ. އަތޮޅު ގަމުގައި ރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައިވެސް ރައީސް ނަޝީދުވަނީ މިވާހަކަ ތަކުރާރުކުރައްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް