ފަހުގެ ޚަބަރު


އިތުރަށް...

ގައުމަށް ލިބޭ ގެއްލުމުގެ ޒިންމާ ސުޕްރީމް ކޯޓުން ނަންގަވަންޖެހޭނެކަމަށް ތަސްމީނު ވިދާޅުވެއްޖެ

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންތިޚާބު ލަސްކުރުމަށް ނެރުނު އަމުރާއިއެކު، ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށާއި، އެކަމުގެ ޒިންމާ އަމުރު ނެރުނު ފަރާތްތަކުން ނަގަންޖެހޭނެކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއިއެކު، ލ.އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އިންތިޚާބާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް "ބަޔަކު" މައްސަލަ ހުށައެޅިތާ މަސް ދުވަސްވެފައިވާކަމަށާއި، އެކަމާއި ގުޅޭގޮތުން އަދިވެސް ސުޕްރީމް ކޯޓަށް ގޮތެއް ނިންމިފައިނުވާކަމީ ގައުމު ބޮޑު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާކަމެއްކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކުގެ ޒިންމާ އަމުރު ނެރުނު ފަރާތްތަކުން ނަންގަވަނެޖެހޭނެކަމަށް ތަސްމީން ވިދާޅުވިއެވެ.

މީގެއިތުރުން ނޮވެމްބަރު 11ގައި އިންތިހާބުކުރާ ރައީސް ރާއްޖޭގެ ވަލިއުލްއަމުރުގެ މަޤާމުގައި ހުންނަންޖެހޭނެ ކަމަށާއި އެ ދުވަހުގެ ކުރިން އިންތިހާބު ބޭއްވެންވެސް ޖެހޭނެ ތަސްމީން ވިދާޅުވިއެވެ.

ތަސްމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންޓި ކެމްޕޭން ކުރަމުންގެންދާކަމަށާއި އެގޮތުން ވާދަވެރިން ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެކަމަށް ބުނެ އަޑު ފަތުރަމުންދާކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ނަންގުޅު ވޯޓު ކަރުދާސްކޖޮޅުގައި އޮންނާނެކަމަށާއި އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ރައީސް ނަޝީދަށް ކާމިޔާބު ކޮށްދެއްވާނެކަމަށް ތަސްމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއަކީ އިންތިޚާބުގެ ކަންތައްތައް ވޯޓުލައިގެން ނިމުމަކަށް ގެނައިސް ރައްޔިތުންގެ ވެރިއަކު އިންތިޚާބު ކުރުމުގެ ކަންތައްތައްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަކީ ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް ނެރުއްވައިފައިވާ އަމުރެއްކަން ތަސްމީން ފާހަގަކުރެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް