ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބަކާ ނުލާ ދެނެއް މިރާއްޖެ ހަމައެއް ނުޖެއްސޭނެ - ރައީސް ނަޝީދު

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންތިހާބެއް ނުލާ މި ދިވެހިރާއްޖެއެއް ދެނެއް ހަމައެއް ނުޖެއްސޭނެކަން ކަށަވަރުވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ލ ގަމުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއިންތިހާބު ސާދާކަމާއެކީގައި އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ލ. ގަމާއި ފޮނަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މާދަމާ އިންތިހާބު ނެތިދާނެ ކަމަށާއި، މިއަންނަ ހަފްތާގައިވެސް އިންތިހާބު ނެތިދާނެ ކަމަށް ފާހަގަ ކުރައްވާ އެކަކުވެސް މާޔޫސް ނުވެ ހިނިތުންވެފައި ތިބުމަށެވެ.

އެމްޑީޕީގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕޮލިސީއާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަކަށް އެކަނި އުފަލުގައި އުޅެވިދާނެ ކަމަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

އެއްވެސް މީހަކަށް އަވައްޓެރިޔާއާއި ނުލާ ނަވަތަ ޤާތް މީހުންނަށް އަޅާނުލާ މިދުނިޔެއަކު ނޫޅެވޭނެ ކަމަށާއި، ތަރައްޤީއަށް އެދުނަސް، ރިވެތި ދިރިއުޅުމަކަށް ބޭނުންވިއަސް އަދި ރަނގަޅު އާމްދަނީ އެއް ހޯދަން ބޭނުންވަނީނަމަ ނިކަމެތިންނަށް އަޅާލަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ 03 ބައިކުޅަ އެއްބައި މީހުންނަކީ އަދިވެސް ހައިހޫނު ކަމުގެ ރޮނގުން ތިރީގައި ތިބި މީހުން ކަމަށް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމަޒާކީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެމްޑީޕީން ހިސާބު ކުރެވި ބަޖެޓް ކުރެވިފައިވާ މެނިފެސްޓޯގައި ހިމަނާފައިވާ އިޖްތިމާއީ ރައްކާތެރިކަމުގެ މަޝްރޫއަކީ ނިކަމެތިންނަށް އަޅާލާ އިޖްތިމާއީ ރައްކާތެރިކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭނެ ސިޔާސަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް