ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ގާއިމްކުރަން އުޅޭކަން ފަޅާއަރައިފި

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ގާއިމް ކުރަން ދިވެހި ރާއްޖޭގެ އަސްކަރިއްޔާ އިން މަސައްކަތް ކުރަމުންގެންދާކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާއަރާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ހޯމްމިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމްއަށް މިއަދު ސްޕްރީމް ކޯޓުގެ އޮފިޝަލަކު ހާމަކޮށްފައިވާ މައުލޫމާތުތަކެއްގެ ސަބަބުންނެވެ.

އެގޮތުން އަސްލަމްއަށް މައުލޫމާތު ދިން ސްޕްރީމް ކޯޓުގެ އޮފިޝަލު ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވެ 100 ދުވަސް ނުވަތަ 180 ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމުގެ ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ގެންގުޅެމުން ދާކަމަށާއި އެ ލިޔެކިޔުންތައް ފެނިފައިވާކަމަށެވެ.

އޮފިޝަލު އިތުރަށް ހާމަކޮށްފައިވާގޮތުގައި، މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިކަމުގެ ދިރާސާތަށް ކުރުމަށް ބަންޑާރަ ނައިބު އާޒިމާ ޝުކޫރަށާއި ޝާހީން ހަމީދަށް 1.7 މިލިއަން ރުފިޔާ ދެއްވާފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާކަމަށެވެ. އަދި މިލިޓަރީ ވެރިކަމެއް ގާއިމް ކުރި ބައެއް ގައުމުތަށް ކަމުގައިވާ، ތައިލޭންޑް، އަލްޖީރިއާ އަދި ފީޖީގައި އެކަންކަން ހިނގައިދިޔަ ގޮތުގެ ދިރާސާތަށް 10 ދުވަހުގެ މުހުލަތެއްގެ ތެރޭގައި ކުރުމަށް އާޒިމާއަށާއި ޝާހީން އަށް ނާޒިމް ދެއްވާފައިވާކަމަށް ސްޕްރީމް ކޯޓުގެ އޮފިޝަލާ ހަވާލާދީ އަސްލަމް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ އަސްކަރިއްޔާއިން ގެންދަނީ މިގައުމުގައި މިލިޓަރީ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ މަޖްލީހާއި ކޯޓުތަށް އުވާލާ، އަބްދުﷲ ޔާމިން އާއި ގާސިމް އިބްރާހީމް ހިމެނޭ މިލިޓަރީ ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންކަމަށް އެ އޮފިޝަލަށް ފެނިފައިވާ ލިޔެކިޔުންތަކުގައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ވެރިކަން މިލިޓަރީ ވެރިކަމަކަށް ބަދަލުކުރުމުގެ ވާހަކަ ދެކެވޭއިރު، ޤާނޫނު އަސާސީ ދަމަހައްޓާނެކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމަށް ސިޓީ އެއް ފޮނުވުމުގައި ބައިވެރިވި އެމްއެންޑީއެފްގެ އޮފިސަރުންގެ ތެރެއިން 3 އޮފިސަރަކު މިހާރު ވަނީ ސަސްޕެންޑު ކުރެވިފައެވެ. އަދި އެއް އޮފިސަރަކު ވަނީ މަޤާމުން ވަކިކުރެވިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް