ފަހުގެ ޚަބަރު


އިތުރަށް...

އަލީ ރަމީޒު އީދު މަދަހަ އަލްބަމް ނެރެނީ

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: , ,

އީދަށް ޚާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަހަ އަލްބަމެއް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ނެރެން ތައްޔާރުވެއްޖެ އެވެ.

"ތަހާނީ"ގެ ނަމުން ނަން ދީފައިވާ އަލްބަމްގައި ހިމެނޭ ހަތް މަދަހަ ކިޔާފައިވަނީ އަލީ ރަމީޒުގެ އިތުރުން ހަތް ކުޑަކުދިންނެވެ. މި އަލްބަމްގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު ކުރިން ރިލީޒް ކޮށްފައިވާ އީދު މަދަހައެއް ކަމަށްވާ "މަރުހަބާ އީދު މުބާރިކް" ވެސް ހިމަނާފައިވެ އެވެ.

އަލީ ރަމީޒު ބުނި ގޮތުގައި މި އަލްބަމްގެ ޅެންތައް ހަދާފައިވަނީ އާދަމް ނަސީރު އިބްރާހީމް އާއި މުހައްމަދު އާމިރު (ފަރެސް) އާއި އަބްދުﷲ އަފީފް އެވެ. އެއިގެ އިތުރުން، މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑައިއްބެ އާއި އަބްދުﷲ ރަޝީދުގެ އިތުރުން މޫސާ ޝިފާއު އާއި އަބްދުލް އަލީމް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު މި އީދު ސީޑީ ނެރެން ގަސްދުކުރާތާ ދުވަސްތަކެއް ވެއްޖެ. އަސްލުގަ އީދަކީ މުޅި އަހަރުގައި ވެސް މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދުވަސް. އެހެންވީމައި މި އުފާވެރި ދުވަހު އުފާވެރިކަމުގެ އެކިއެކި ޅެންތައް ކިޔުމަކީ މުސްލިމުންގެ މެދުގައި ގުޅުން ވަރުގަދަވެ، އިތުރަށް އުފާވެރިކަން ގެނެސް ދޭނޭ ކަމެއްކަމަށް އަޅުގަނޑު ދެކެނީ. އަދި މިފަދަ އީދު ސީޑީއެއް އަޅުގަނޑުމެންގެ އަތުގައި ނުވެސް ނެތް. އެހެންވީމާ މިއީ ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ،" އޭނާ ބުންޏެވެ.

 ” ޔާރައްބަނާ ” ، ” އޭ އުޚްތާ ” ނަމުގައި ކާމިޔާބު މަދަހަ އަލްބަމްތަކެއް ނެރެފައިވާ އަލީ ރަމީޒުގެ ތަހާނީ އަލްބަމް މިމަހުގެ 08 ދުވަހުން ފެށިގެން އަބާޔާ ފިހާރައިން ލިބެން ހުންނާނެ ކަމަށާއި ސީޑީ އެއްގެ އަގަކީ -/100 ރ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މި އަލްބަމްގައި ހިމެނޭ މަދަހައެއް: ޢީދަކުން
ސޭވްކޮށްފައިވާ ކެޓަގަރީ: , ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް