ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެއަށް އަސްކަރީ ވެރިކަމެއް ގެންނަން ފެންނަކަމަށް ޔާމީން ވިދާޅުވެއްޖެ

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ގާއިމް ކުރަން ދިވެހި ރާއްޖޭގެ އަސްކަރިއްޔާ އިން މަސައްކަތް ކުރާކަމަށް ފެތުރޭ އަޑުތަކަށް ބާރުލިބޭފަދަ މޭރުމަކުން ޔާމީން ޓްވީޓެއް ކުރައްވައިފިއެވެ.

މި ޓްވީޓްގައި ބުނެފައިވަނީ '11 ނޮވެމްބަރުގަ ރައީސަކު އިންތިޚާބު ނުކުރެވިއްޖެނަމަ އެންމެ ރަނގަޅުވާނީ އަސްކަރިއްޔާއިން ޤައުމު ހިންގެވުމާ ހަވާލުވުން' މިހެންނެވެ.

ޔާމީންގެ މި ޓްވިޓް އާއްމުވެފައިވާއިރު ރައީސް ނަޝީދުގެ ސަރުކާރުގައި ހޯމްމިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމްއަށް މައުލޫމާތު ދިން ސްޕްރީމް ކޯޓުގެ އޮފިޝަލު ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވެ 100 ދުވަސް ނުވަތަ 180 ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމުގެ ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ގެންގުޅެމުން ދާކަމަށާއި އެ ލިޔެކިޔުންތައް ފެނިފައިވާކަމަށް ކޯޓްގެ އޮފިޝަލަކު ބުނެފައިވާކަމަށް ވެއެވެ.

މީގެއިތުރުން ރާއްޖޭގެ އަސްކަރިއްޔާއިން ގެންދަނީ މިގައުމުގައި މިލިޓަރީ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ މަޖްލީހާއި ކޯޓުތަށް އުވާލާ، އަބްދުﷲ ޔާމިން އާއި ގާސިމް އިބްރާހީމް ހިމެނޭ މިލިޓަރީ ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންކަމަށް އެ އޮފިޝަލަށް ފެނިފައިވާ ލިޔެކިޔުންތަކުގައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް