ފަހުގެ ޚަބަރު


އިތުރަށް...

"ޤާނޫނޫ އަސާސީގެ ހިމާޔަތުގައި ދިވެހިން" އަދި "ހުކުމް ބުނުން" ބޮޑު މުޒާހަރާ މިރޭ

ލިޔުނީ: Unknown - Saturday, October 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
"ޤާނޫނޫ އަސާސީގެ ހިމާޔަތުގައި ދިވެހިން" އަދި "ހުކުމް ބުނުން" މިނަމުގައި އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ މިރޭ އޮންނާނޭ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ބުނެފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ "ހުކުމް ބުނުން" މިނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަށް މިހާރުވެސް މާލެއަށް މީހުންއަންނަމުންދާ ކަމަށެވެ.

މިރޭ ބާއްވާ މި ބޮޑު މުޒާހަރާ ކުރިއަށް ގެންދަނީ ސީދާ ހަރަކާތެއްގެ ގޮތުގައިކަމަށާއި މިރޭގެ މުޒާހަރާ ފަށާނީ 8:30 ގައި ރާޅުގަނޑު ސަރަހައްދުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އަދި ބޮޑު މުޒާހަރާއަށް ކޮންމެ ދާއިރާއަކުން މީހުން މާލެ ގެނައުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށް މޫސަ އިތުރަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިރޭ މުޒާހަރާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ރަނިންގްމޭޓްގެ އިތުރުން ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

މިރޭ މާލޭގައި ބޮޑު މުޒާހަރާ ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީގެ ކެމްޕެއިންގެ ހަރަކާތްތައްވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންނެވެ.

ރިޔާސީ އިންތިޚާބު ވަކި ތާރީޚެއް ނޭނގޭ ގޮތަށް ސްޕްރީމް ކޯޓުން އިންތިޚާބު ފަސްކުރުމާއި ގުޅިގެން ، އިންތިޚާބުގެ ތާރީޚެއް ހޯދުމަށް ކަމަށްބުނެ އެމްޑީޕީން ދަނީ މާލޭގައި މުޒާހަރާކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް