ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބަށް ހުރަސް ނާޅުއްވާ މައުމޫން ފަހަތަށް ޖެހި ވަޑައިގަތުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ލިޔުނީ: ޢަލީ ޔާސިރު - Wednesday, October 23, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އިންތިހާބަށް އިތުރަށް ހުރަސް ނާޅުއްވާ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ފަހަތަށް ޖެހި ވަޑައިގަތުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އަލިމަސް ކާނިވަލްގައި ކުރިޔަށްދިޔަ 'ވޯޓުން ވެރިކަން' އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން އެއްފަހަރު އިންތިހާބު ހުއްޓުވީ ވަހީދު ހަސަން މަނިކު މެދުވެރި ކުރައްވާ ކަމަށެވެ. އަދި އަނެއްފަހަރު އިންތިހާބު ހުއްޓުވީ ފަނޑިޔާރުން މެދުވެރި ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ނިކުމެ މިތިބީ ފަހަތަށް ޖެހެން ނޫން ކަން ރައީސް މައުމޫނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެކަން ފަނޑިޔާރުންނަށް ޔަޤީންވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"ރައީސް މައުމޫން، ވިސްނަވާ އަޑުއައްސަވާ، އަޅުގަނޑުމެން މިތިބީ މިކަން ދޫކޮށްލާފައި ގެއަށް ވަންނާކަށް ނޫން، އެއްފަހަރަކު ޑރ. މުހައްމަދު ވަހީދު ބޭނުން ކުރައްވައިގެން ވޯޓު ހުއްޓުވައިފި" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ރައީސް މައުމޫން އެ ގެންދަވަނީ ޤާނޫނު މަގުރާލިކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވަމުން ކަމަށާއި، މިއަދު ހުއްޓާލާނީ ރައްޔިތުންނަށް ވޯޓުގެ ހައްޤު ހޯދައިދިނުމަށްފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ އުންމީދު ނަގާނުލެވޭނެ ކަން ރައީސް މައުމޫނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ޑީއާރްޕީއާއި އެކު އެމްޑީޕީއަށް ލިބިފައިވާ ކަމަށް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ ނުކޮށްފިނަ މަޤާމުން ވަކިވުމަށް ފްރޮސިކިއުޓަރ ޖެނެރަލް ފާއިޒް ތައްޔާރަށް ހުއްނެވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، އެކަން ފާއިޒަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުން އަބްދުﷲ ރިޔާޒްގެ ހަޤީގަތް ހާމަވެއްޖެކަމަށާއި، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބިރު ގަންނަ މުއައްސަސާއަކަށް ހެދުމަށް ރިޔާޒަށް އެފުރުސަތު ނުދެއްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ އުންމީދު ނަގާނުލެވޭނެ ކަމަށާއި، މަސައްކަތް ހުއްޓާލާނީ ރައްޔިތުންނަށް ވޯޓުގެ ހައްގު ހޯދައިދިނުމަށްފަހުގައިކަމަށް ވިދާޅުވެ، ރައީސް މައުމޫނު ވިސްނަވައި ހުންނެވުމަށް ރައީސް ނަޝީދު އިލްތިމާސްކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސިޔާސީ ވެރިންގެ ވަޒީފާއަކީ ދިވެހިންގެ ހިތްތަކުގެ އުދާސް، ދިވެހިންގެ ކަންބޮޑުވުން ދިވެހިންގެ އުންމީދު ދެނެގަތުން ކަމަށެވެ. 

މަސްދަރު: ރާއްޖެ.އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް