ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބަށް ފުލުހުން ހުރަސްއެޅި : އެޗްއާރުސީއެމް

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 22, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން
މިމަހު 19 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ރިޔާސީ އިންތިހާބު ހުއްޓުވީ ފުލުހުންކަމަށް ކަށަވަރުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެޗް.އާރް.ސީ.އެމުން މިއަދު ނެރުނު ބަޔާނެއްގައި  ހާމަކޮށްފައިވަނީ، 19 އޮކްޓޯބަރު ވަނަ ދުވަހުގެ ހެނދުނު އިލެކްޝަންސް ހުންނަ އިމާރާތަށް އެޗްއާރުސީއެމްގެ މުވައްޒަފުން ގޮސް އެކޮމިޝަނުން ބަލަން ބޭނުންވި ބައެއް ކަންތައްތައް ބަލާ، އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލްއާއި ފުލުހުންގެ ބައެއް ފަރާތްތަކުން އެކަމާއި ގުޅޭ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ބެލި ބެލުމުން، އިލެކްޝަންސް ކޮމިޝަނުން ބޭރަށް އެއްވެސް އެއްޗެއް ނެރުން ހުއްޓުވާފައިވާ ކަން ކަށަވަރުވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވިކަމަށް އެޗްއާރްސީއެމުން ބުނަމުންދާތީ އެކަން ސާފުކުރުމަށް ފުލުހުން ފޮނުވި ސިޓީއަށް ރައްދު ދެމުން މިއަދު ހަވީރު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވަނީ،އިލެކްޝަންސް ކޮމިޝަނުން ބޭރަށް އެއްވެސް އެއްޗެއް ނެރުން ފުލުހުން ހުއްޓުވާފައިވާ ކަން އެނގުމުން، އެޗްއާރުސީއެމްގެ އެޗްއާރުސީއެމަށް ފުލުހުންގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ފޯކަލް ޕޮއިންޓަށް އެތަކެއް ފަހަރު ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. އަދި ގުޅައި ފޯނު ނުނެގުމުން ފޮނުވި މެސެޖަށް ފުލުހުންގެ ފަރާތުން ޖަވާބުދާރީވީ އެރޭ 11:45 ގައި ކަމަށް ވެސް އެބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އެޗް.އާރު.ސީ.އެމް އިން ފުލުހުންނަށް ފޮނުވި މި ސިޓީގައި ފުލުހުން ޤާނޫނާއި ހިލާފުވެފައިވާ 09 ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.

އޭގެ ތެރޭގައި ފުލުހުންގެ ޤާނޫނާއި ޙިލާފުވެފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ އަސާސީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ އެ ހައްޤުތައް ހިމާޔަތް ކުރަންވާނޭކަން ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އޮކްޓޫބަރ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރަމުންދިޔަ އިންތިހާބުގެ މަސައްކަތް ހުއްޓުވުމަކީ ރައްޔިތުންގެ ވޯޓުގެ އަސާސީ ހައްޤަށް ހުރަސް އެޅުން ކަމަށް އެޗް.އާރް.ސީ.އެމް އިން ދެކޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި އަހުމަދު ޝަފީއުއަށް ފޯނުން ގުޅުމުން ފުލުހުން އެގޮތަށް އަމަލުކޮށްފައިވަނީ އެމީހުންގެ މައްޗަށް ކޮށްފައިވާ އަމުރެއްގެ ދަށުންކަމަށް ޝަފީއު ވިދާޅުވެފައިވާކަމަށް އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ،

ފުލުހުން އިންތިހާބު ހުއްޓުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަމަށް މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް