ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބަށް ހުރަސްއެޅީ ވަހީދާއި ރިޔާޒް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 22, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެމްޑީޕީގެ "ވޯޓުން ވެރިކަން" މިނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ - ފޮޓޯ: ކުލަޔެލޯ
މިމަހުގެ 19ވަނަ ދުވަހު ބާއްވަން މަސައްކަތްކުރި ރިޔާސީ އިންތިޚާބު ހުއްޓުވާ އިންތިޚާބަށް ހުރަސް އެޅީ ވަހީދު ހަސަން މަނިކާއި ވެރިކަން ބަދަލު ކުރުމަށް އިސްދައުރެއް އަދާކުރި ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ވޯޓުން ވެރިކަން" މިނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް އިންތިޚާބަށް ނިކުމެގެން އުޅޭ ފަރާތްތަކަކީ ވޯޓަކާއި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކެއް ނޫން ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހިތުގައި މިއަދު އުފެދޭ ސުވާލަކީ އިންތިހާބެއް ބޭއްވޭނީ ކޮންދުވަހަކުންތޯއާއި މެދު އުފެދޭ ސުވާލު ކަމަށާއި ޤާނޫނު އަސާސީ ބުނާ ތާރީހުގައި އިންތިޚާބު ބާއްވަން މަސައްކަތްކޮށް އަދި ޤާނޫނު އަސާސީގެ ބޭރުން އިންތިހާބެއް ބާއްވަން މަސައްކަތްކޮށް ނުބޭއްވުން، ތާރީހުން ބޭރުން އިންތިހާބެއް ބޭއްވުމަށް މިހާރު މިއޮތީ ތާވަލް ކޮށްފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ދިގު ތިރީސް އަހަރުގެ ހުދުމުޚުތާރު ވެރިކަން ކުރެއްވި ރައީސް މައުމޫނު އަޑު އައްސަވާ ވިސްނަންވީ އަޅުގަނޑުމެން މިތިބީ މިކަން ދޫކޮށްލާފައި ގެއަށް ވަންނާކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށް ބާއްވަން މަސައްކަތްކުރި އިންތިޚާބު ފުތަރަމަ ފަހަރަށް ހުއްޓުވާފައިވަނީ ފަނޑިޔާރުން މެދުވެރިކޮށް ކަމަށާއި ދެން ވޯޓް ހުއްޓުވީ ޑރ މުހައްމަދު ވަހީދު ބޭނުން ކުރައްވައިގެން ކަމަށްވާއިރު މައުމޫން ފަހަތަށް ޖެހި ވަޑައިގަންނަވަން ރައީސް ނަޝީދު އިލްތިމާސްކުރެއްވިއެވެ.

އަދި ރައީސް މައުމޫން މަސައްކަތް ކުރައްވަނީ އެބޭފުޅާގެ ބާރުވެރިކަމުން ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު 'ގޮނޑިކޮއްކޮ ވަހީދު ލައްވާ ހިފަހައްޓައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއިން އެއްވެސް ކަމަށް ރައީސް މައުމޫނަށް ޖާގައެއް ނުދޭނެ ކަމަށާއި އެމްޑީޕީން އެނބުރި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ޤާއިމްކޮށްދޭން އަންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެނބުރި އަންނާނެ، މިރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ، ރާއްޖޭގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ އަޅުގަނޑުމެން ނިކުމެ މިތިބީ ގެއަށް ވަންނާކަށް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުން ބިރު ގަންނަތަނަކަށް ހައްދަވާނެ ކަމަށް ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވި ނަމަވެސް އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރެވިގެން ނޫނީ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށާއި، 2008 ވަނަ އަހަރަކީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިންތިޚާބުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސްދަރު: ރާއްޖެ އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް