ފަހުގެ ޚަބަރު


އިތުރަށް...

މަރުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނި ލ.ފޮނަދޫ ޖަނބުރޯލް ގަސްދޮށުގޭ ހަދީޖާ ގާސިމް ދުނިޔޭގައި އެބަހުރި - ފުއާދު

ލިޔުނީ: Unknown - Wednesday, October 30, 2013 ކޮމެންޓް 2
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މަރުވެފައިވާ 18 މީހެއްގެ ނަމުގައި އެހެން މީސްމީހުން ވޯޓް ލާފައިވާކަމަށް ސްޕްރީމް ކޯޓްގެ ހުކުމްގައި ބުނެފައިވާ ނަންތަކުގެ ތެރޭގައި ލ.ފޮނަދޫ ޖަނބުރޯލް ގަސްދޮށުގޭ ހަދީޖާ ގާސިމް އަކީވެސް ނިޔާވެފައިވާ މީހެއްކަމަށް ކޯޓުން ކަނޑައަޅާފައިވާ މީހެއްކަމަށާއި ނަމަވެސް އޭނާވެސް ދުނިޔޭގައި އެބަހުރިކަމަށާއި އަދި ވޯޓްވެސް ލީކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ސްޕްރީމް ކޯޓްގެ ހުކުމުގައި މަރުވެފައިވާ 18 މީހުންގެ ނަމުގައި ވޯޓްލާފައިވާކަމަށް ބުނެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ދިރި ދުނިޔޭގައި ދިބިކަން ޔަގީން ކުރެވިފައިވާކަމަށެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ސުޕްރިމް ކޯޓުގެ ހުކުމުގައި މަރުވެފައި ތިބި ބަޔަކު ވޯޓްލާފައިވާކަމަށް ބުނާ މީހުންގެ ތެރެއިން ބަޔަކު ދިރިތިބިކަން ސާބިތުވީ ފޮރެންސިކް ރިޕޯޓަށް ރިޔާއަތްކޮށް ސުޕްރިމް ކޯޓުން އިންތިހާބު ބާތިލުކުރުމުން އެކަމުގެ ހަގީގަތް ހޯދަން ކުރި މަސައްކަތުން ކަމަށެވެ.

"މިސާލަކަށް މުހަންމަދު އަހްމަދު ސ.މަރަދޫ މުސްކުރާނާގެ ނަމަކަށް ކިޔާ މީހަކު މަރުވެފައިވާކަމަށް ހުކުމުގައި ވޭ. އެކަމު އަޅުގަނޑުމެންނަށް އެގިފައިވާ ގޮތުން އޭނާ މިހާރުވެސް ދުނިޔޭގައި އެބަހުރި. ފާތުމަތު ދީދީ ސ.ހިތަދޫ ބުލޫރޯމް، މީނަވެސް މަރުވެފައިވާކަމަށް ސްޕްރީމް ކޯޓުން ވިދާޅުވެފައިވަނީ، އަޅުގަނޑުމެންނަށް އެނގޭގޮތުން އޭނަވެސް ދުނިޔޭގައި އެބަހުރި. މިއަޑުވެސް އައްސަވާނެކަމަށް އަޅުގަނޑު ދެކެނީ. އަހްމަދު ނަސީމް ސުވޯޑް މާލޭ މީހެއް އިނގޭތޯ، އޭނަވެސް މަރުވެފައިވާކަމަށް ވިދާޅުވެފައިވަނީ، މަރުވެފައިވާ މީހަކު ވޯޓްލާފައިވާކަމަށް، އޭނަވެސް ވަނީ ވޯޓްލާފައި ދުނިޔޭގައިވެސް އެބަހުރި. މިގޮތަށް ކިތަންމެ ބަޔަކު އެބަތިބި ދުނިޔޭގައި ތިބި މީހުން ވޯޓްލީމަ އެއީ މަރުވެފައި ތިބި މީހުން ވޯޓްލާފައޭ ބުނެފައި އިންތިހާބް ސްޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ،" ފުއާދު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް އެނގިފައި، އަދި މައުލޫމާތު ހޯދާފައިވާ މީހުންގެ ވާހަކަ މިދެންނެވީ. މިސާލަކަށް ހަދީޖާ ގާސިމްގެ ދަރިއެއް އިއްޔެގައިވެސް އަޅުގަނޑުމެންނަށް ގުޅައި އެނާ ދުނިޔޭގައި ހުރިކަން ޔަގީންކޮށްދީފައިވަނީ. މިސާލަކަށް އަހްމަދު ނަސީމް ސުވޯޑް، މާލޭގައި އުޅުއްވާ ބޭފުޅެއް، އޭނައާއި އަޅުގަނޑުމެން އޮފީހުގެ ބޭފުޅަކު ވާހަކަ ދައްކާފައިވަނީ،" ފުއާދު ވިދާޅުވިއެވެ. 

އެލްއޭ ނިއުސް އަށް އެނގިފައިވާގޮތުގައި ލ.ފޮނަދޫ ޖަނބުރޯލް ގަސްދޮށުގޭ ހަދީޖާ ގާސިމް ނިޔާވެފައިވާކަމަށް ފޮނަދުއަށް ނިސްބަތްވާ ޖޭޕީގެ ދެ އެކްޓިވިސްޓަކު އަޑު ބަދަލުކޮށްގެން ކޯޓްގައި ދޮގުހެކި ދީފައިވެއެވެ.

ސެޕްޓެމްބަރު ހަތެއްގައި ބޭއްވި އިންތިހާބު ސުޕްރިމް ކޯޓުން ބާތިލުކުރީ ޕްރެންސިކް ރިޕޯޓަށް ރިޔާއަތްކޮށް 5000 އަށް ވުރެ ގިނަ ވޯޓް އޮޅުވާލާފައިވާކަމަށް ކަނޑައެޅުމަށް ފަހުގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

2 ޚިޔާލު: for މަރުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނި ލ.ފޮނަދޫ ޖަނބުރޯލް ގަސްދޮށުގޭ ހަދީޖާ ގާސިމް ދުނިޔޭގައި އެބަހުރި - ފުއާދު

  1. ކޮން ބައެއްތަ އެއްވެސް ބިރެއްނެތި ދޮގުހެކި ދިނީ. ޖަނގިޔާ ކޯޓުގެ ނިންމުންތަކާއި އަސްލު ވޯޓް އޮޅުވާލީ ކޮންބައެއްކަން މިހިރަ މިހިރަ ފަޅާއަރަނީ ދޯ.

    ReplyDelete
  2. ތަރައްޤީ ގައިމުOctober 31, 2013 at 1:33 AM

    ހުވަފަތް ނޫން މީހުން ހުވަފަތް މީހުނަށް ހަދައި، މަރުނުވެ ތިބި މީހުން މަރުވެފައިކަމަށް ހުކުމްކުރާ ރާއްޖޭގެ ޖަނގިޔާ ކޯޓަށް ހަމަ އައްސަރިބަހުން ސާބަސް

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް