ފަހުގެ ޚަބަރު


އިތުރަށް...

ފުނަމާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މުހުސިން އަދިވެސް ހޭ ނާރާ

ލިޔުނީ: Unknown - Monday, October 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާލެއިން މުދާ ބަރުކޮށްގެން ގޭސް އެރުވުމަށް ތިލަފުށީ ފަޅުގައި އޮއްވާ ފުނަމާ ދޯނީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މުހުސިން އަދިވެސް ހޭ ނާރާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިއްޔެ ހެނދުނު 10:00 ހާއިރު ހިނގި މިހާދިސާގައި ހަތަރު މީހުން ފިހިފައިވެއެވެ. އެ ހަތަރު މީހުންގެ ތެރެއިން އުމުރުން 38 އަހަރުގެ މުހުސިނުގެ ހަށިގަނޑުން 55 އާއި 60 ޕަސެންޓާ ދެމެދު ފިހިފައިވާ އިރު، 48 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުން 25 ޕަސެންޓް ފިހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި ފިހުނު މީހުންގެ ތެރެއިން ލ. ގަމު ތުނޑީ މުހުސިނުގެ ހާލު ސީރިއަސް ކަމަށާއި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. އަދިވެސް މުހުސިނު ހެއި ނާރާކަމަށް މަޢުލޫމާތު ލިބެއެވެ.

ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ ބޯޓުގެ އިންޖީނުގޭގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެމްއެންޑީއެފާއި ފުލުހުންނާއި ތިލަފުށީގައި މަސައްކަތްކުރާ މީހުން ގުޅިގެން ކުރި މަސައްކަތުން ބޯޓުގައި ރޯވި އަލިފާންގަނޑު ނިވާލި އިރު، ބޯޓުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް