ފަހުގެ ޚަބަރު


އިތުރަށް...

މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އެސްޓީއޯއިން ބޮޑު ސޭލެއް އަޅުވައިފި

ލިޔުނީ: Unknown - Thursday, November 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
"އެސްޓީއޯ ބޮޑު ސޭލް"ގެ ނަމުގައި އިއްޔެއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ބޮޑު ސޭލެއް އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން ވިއްކާ ގިނަ މުދާތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ މިސޭލް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޕަމާޓުންނާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އިތުރުން މާލެއާއި އަތޮޅުތެރޭގައިހުރި އެސްޓީއޯގެ އައުޓްލެޓްތަކުގައި ކުރިއަށްދާނެކަމަށް އެސްޓީއޯއިންބުނެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި މިރޭ ބޭޢްވި ރައްމިއްޔާތުގައި ސޭލް ފައްޓަވާދެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ސޭލްސް އެންޑް މާކެޓިން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެގެން ހުންނެވި އިބްރާހިމް ޒިއަތުއެވެ.

ޒިއަތު ވިދާޅުވީ 80 ޕަސެންޓާއި ހަމައަށް ގިނަ މުދާތަކުން ޑިސްކައުންޓް ލިބޭއިރު ބައެއް މުދަލާއިއެކު ވަގުތުން އިނާމުވެސް ލިބޭނެކަމުގައެވެ. އެގޮތުން އެސްޓީއޯއިންވިއްކާ އެއަރ ފަރްޔަރއާއި އެކު ބްލެންޑަރެއް ލިބޭ ޕްރަމޯޝަންވެސް ސޭލްގައި ކުރިއަށްދާނެކަމަށާއި އެސްޓީއޯއިން ވިއްކާ އިތުރު މުދަލާއިއެކުވެސް ވަގުތުން އިނާމްތައް މިސޭލްގައި ލިބޭނެކަމުގައެވެ.

މީގެ އިތުރުން މި ސޭލާއި ގުޅިގެން މާލޭގެ ރާޅުގަނޑު ސަރަހައްދާއި ހުޅުމާލެއާއި ވިލިމާލޭގައި ރޯޑް ރޭސްތަކެއް ކުރިއަށް ގެންދިއުމަށް އެސްޓީއޯއިން ނިންމާފައިވާކަމަށްވެސް ޒިއަތު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް