ފަހުގެ ޚަބަރު


އިތުރަށް...

ރޮޒެއިނާ އާއި ރޮޒެއިނާގެ ފިރިކަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި

ލިޔުނީ: Unknown - Friday, November 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރޮޒެއިނާ އާއި ނާޝިޒު - ފޮޓޯ: އެމްޑީޕީ
ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަނލުން ކުރީގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފިއެވެ.

ރޮޒައިނާ އާއި ނާޝިޒު އެމްޑީޕީ އަށް ސޮއި ކުރެއްވީ މިހާރު ކުރިއަށްދާ ޖަލްސާގައެވެ.

ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ފިރިކަލުން ނާޝިޒުގެ ގޮނޑި ގެއްލުވާލުމުން ހިތްވަރު ލިބިގަތީ ރައީސް މުހައްމަދު ނަޝީދުގެ ހިތްވަރުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެއްވުމަށް އެމްޑީޕީއާއި އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ އުސޫލްތަކަށް ތާއީދުކުރެއްވާތީ ކަމަށެވެ. ރާއްޖެއަށް ތަރައްގީ ހޯދައިދެވޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް ގަބޫލުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
  
ޕީޕީއެމަށް މިރޭ ވެސް ފާޑުވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ ޕީޕީއެމުން ކެމްޕޭންގައި ބައެއް ވައުދުތައް ބޭނުންކުރީ އޮޅުވާލައިގެން ކަމަށާއި އެއީ ޕީޕީއެމްގެ ވައުދުތަކެއް ނޫން ކަމަށެވެ. އަދި އެެއީ ކެމްޕޭންގައި އުޅުނު ކުދިން ލިއުނު ލިއުންތަކެއް ކަމަށް ބުނެ މިހާރު އޮޅުވާލަން އެ ޕާޓީން މަސައްކަތްކުރަމުންދާ ކަމަށެވެ. އެމްޑީޕީން މިހާރު ކުރަން ޖެހޭ ކަމަކީ ޕީޕީއެމް ކޯލިޝަންގެ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
 
"ތިރީސް އަހަރުގެ އަނިޔާވެރި ވެރިކަމަށް ފަހު އަނެއްކާ ވެސް މިވެރިކަން މިއައީ ރައްޔިތުންގެ ކުރިމަތީގައި ރަނގަޅަށް ބޭޒާރުވާންވެގެން،" ރޮޒެއިނާ ވިދާޅުވި އެވެ.
 
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ މައްސަލަ ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާ އެމަނިކުފާނު ހަވާލުކުރެއްވިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ އާއިލާ އަށް ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން "ފަޓުލޫނު ފޮއްޗާއި ގަހަނާ ގަތް މައްސަލަ" ވެސް ހަވާލުކުރަން ޖެހޭ ކަމަށެވެ. އެއީ ވެސް ރައްޔިތުން ތަހުގީގުކުރަން ބޭނުންވާ މައްސަލައެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް