ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖޭގައި އޮންނާނެ ދީނަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ އިސްލާހެއް ހުށަހަޅައިފި

ލިޔުނީ: Unknown - Monday, November 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ ރައްޔިތުންގެ މަޖިލިސް
ރާއްޖޭގައި އިސްލާމް ދީން އޮންނަންފެނޭތޯ ބެލުމަށް ރައްޔިތުންގެ  ފެންނަ ނުފެންނަ ވޯޓުނަގަން ފުރުސަތު ލިބޭ އިސްލާހެއް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ގާނޫނު އަސާސީއަށް ހުހަޅުއްވައިފި އެވެ.

އާމިރު ހުށަހެޅުއްވި ބިލްގައި ވަނީ، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން އަޣުލަބިއްޔަތު ލިބިގެން ނޫނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިގެން ނުވާނެ ކަމަށް ބުނާ މާއްދާތަކުގެ ތެރޭގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ މާއްދާ (ގާނޫނު އަސާސީގެ 10 ވަނަ މާއްދާ)ހިމެނުމަށެވެ.

ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ މާއްދާ މަޖިލީހުން އެ ނޫން ގޮތަކަށް އިސްލާހުކޮށްފި ނަމަ، އެ އިސްލާހެއް ތަސްދީގުކުރެއްވުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެ އެވެ. އަދި އެފަދަ އިސްލާހެއް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމުން މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހެއް ތަސްދީގުކުރައްވަން ޖެހޭނެ އެވެ.

ދިވެހިރާއްޖޭގައި އޮންނާނެ ދީނަކާމެދު، ވޯޓު ނެގޭނެ އިސްލާހެއް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރަކު ހުށަހެޅުންވުމުން، އެމްޑީޕީމް ވަނީ އެކަމާއި ދެކޮޅު ހަދައި މަޖިލީހުގައި އެކަމާއި ދެކޮޅަށް ބަހުސްކޮށްފަ އެވެ.

“އެއީ އަތް ނުލެވޭ ގޮތަށް ބާއްވާފައި އޮތް ބާބެއް. ގާނޫނު އަސާސީގެ ބައެއް މާއްދާތައް ބަދަލުކުރުމަށް ވާހަކަ ދެއްކުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އެބައޮތް. އެހެންނަމަވެސް މިދަންނަވާ ގޮތަށް ދިވެހި ރައްޔިތަކަށް ވެވުމުގެ ހައްގު ފުރަތަމަވެސް ދީފައިވާނީ މުސްލިމަކަށް ވުމުން. އަދި މި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް އޮންނާނެ. އެހެންނަމަވެސް އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ އިސްހާލު ކީމަ ވަރަށް ރަނގަޅަށް އެބަ އެނގޭ، މިރާއްޖޭގައި އޮތް އިސްލާމްދީން ބަދަލުކުރުމަށްޓަކާ ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި އެބުނާ ފެންނަ ނުފެންނަ ވޯޓަށް ގެނައުމަށްޓަކާ އެކެޓަގަރީއަށް ގެނެސްލާން ބޭނުންވަނީ މިކަން. އޭގެ މާނައަކީ މިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ގޮތަކަށް އުޅެން ބޭނުންވާ މީހުންނަށް އެކަމަށް ވަކާލާތު ކުރުމުގެ ފުރުސަތު އެދެނީ. އެކަމެއް ނުކުރެވޭމެ،” ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު މިއަދު މަޖިލީހުގައި ވިދާޅުވި އެވެ.

ޚަބަރު: ޓައިމްސް
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް