ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫ ދާއިރާ މެންބަރު މިއަދު މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި

ލިޔުނީ: Unknown - Wednesday, April 3, 2013 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަދު ހެނދުނު އިސްދޫ ކަލައިދޫ ސްކޫލްގެ ތަޅު އަޅުވާ ބަންދުކޮށްފައިވަނީ އެތަން ހިންގުމަށް ހުންނެވި ބޭފުޅާ ކަމަށް ވިދާޅުވެ އިސްދޫ ދާއިރާ މެންބަރު އަޙްމަދު ރަޝީދު މިއަދު މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި އެވެ.

އިސްދޫ ދާއިރާގެ މެންބަރު އިތުރުފުޅު ހައްދަވަމުން ވިދާޅުވީ އިސްދޫ ސްކޫލް ބަންދުކޮށްފައިވަނީ އެ ސްކޫލް ހިންގުމާއި ޙަވާލުވެ ހުންނެވި ފަރާތުގެ އްގްރީމެންޓް މުއްދަތު ހަމަވެފައި ވާއިރު، އެގްރީމެންޓްގެ މުއްދަތު އިތުރު ކޮށް ނުދީގެން ކަމަށެވެ. 

އިސްދޫ ސްކޫލް ހިންގެވުމާއި ޙަވާލުވެ ހުންނެވި ލ. ފޮނަދޫ ޙުސައިން ޝަރީފްގެ ބޮލުގައި މިފަދަ އިލްޒާމެއް އަޅުވާފައި ވާއިރު މިއަދު ރާއްޖޭގެ ބައެއް މީޑިއާތަކަށް މިކަމުގެ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު ސްކޫލުގައި ބަޔަކު ތަޅުއަޅުވައި ބަންދުކޮށްފައި ހުއްޓާ ފެނިފައި ވަނީ މިއަދު ހެނދުނު ސްކޫލު ހުޅުވަން ދިޔަ ވަގުތު ކަމަށާއި އެއީ ބެލެނިވެރިން ކުރިކަމެއް ނޫން ކަމަށާއި އެއީ "ޖިނާއީ ކުށެއް" ގޮތުގައި ބަޔަކު ކުރިކަމެއް ކަމަށެވެ. 

"އިސްދޫ ދާއިރާ މެންބަރު އަޙްމަދު ރަޝީދު (ދަނބިދޫ ޤާރީ) މި މޭރުމުން އިތުރުފުޅުއް ހައްދަވާފައިވަނީ ކީއްވެގެން ކަން ވަރަށް ރަނގަޅަށް އެނގޭ އަޅުގަނޑުމެންނަށް" ސްކޫލް ބެލެނިވެރިންގެ ފުރިހަމަ ތާއިދާއި އެކު ހުންނެވި އިސްދޫ ކަލައިދޫ ސުކޫލުގެ ހެޑް އޮފް ސުކޫލް ހުސެއިން ޝަރީފް އަށް ތާއިދުކުރާ ބެލެނިވެރިންތަކެއް ދިފާޢޫގައި ވާހަކަދައްކަމުން އެލްއޭ ނިއުސް އަށް ކިޔައިދިނެވެ. "މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މީގެ ހަފުތާއެއް ކުރިން ރަށު ކައުންސިލަށް ގުޅާފަ ބުނެފަ އޮތީ ޕްރިންސިޕަލް ބަދަކުރަން އުޅޭކަމަށް. ދެން ރަސު ކައުންސިލުން އެކަމަށް އެއްބަސް ނުވީމަ މިއީ ޕީޕީއެމް ފިކުރުގެ މީހުން ރާވައިގެން ޖައްސާ ގޭމެއް.
އިސްދޫ ދާއިރާ މެންބަރު ދެއްކެވި ވާހަކަފުޅުން ބައެއް މަޖިލިސް ޔައުމިއްޔާއިން
އިސްދޫ ކަލައިދޫ ސްކޫލްގެ ބައެއް ބެލެނިވެރިން އެލްއޭ ނިއުސްއާއި ހިއްސާކުރި ވާހަކަތަކުގައި އޮއްޓަރެއް ހުރިކަން މިއަދު މަޖިލީހުގައި އިސްދޫ ދާއިރާ މެންބަރު ދެއްކެވި ވާހަކަފުޅުންވެސް ދޭހަ ވެއެވެ. އިސްދޫ ދާއިރާ މެންބަރުގެ ވާހަކަފުޅުގައި ވީ އެންމެ އަވަހަކަށް އެ ސްކޫލް ހިންގުމާއި ޙަވާލުކޮށްފައިވާ ފަރާތް އެހެން ތަނަކަށް ބަދަލުކުރުމަށް ގޮވާލާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވެއެވެ.

އިސްދޫން ވާހަކަދެއްކި ބެލެނިވެރިން ބުނީ އިސްދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ބަހައްޓާނެ މީހެއް ދަނބިދޫ ޤާރީއަށް ނޭނގޭނެ ކަމަށެވެ. އަދި އެކަން ނިންމުމަށް އެއީ ކާކުތޯ އަހާ ސުވާލުވެއް ކުރިއެވެ.

 "ދެން މި ދާއިރާއަށް ކުރިމަތިލައިގެން ލާހިކެއްނޫން އޭނާއަށް ހޮވޭކަށް. މިރަށަށް އޭނާގެ ފަރާތުން ވީ އެއްކަމެއްވެސް ނެތް އިރު ރަށުގެ މެޖޯރިޓީގެ ރުހުން ލިބިފައިވާ ޕްރިންސިޕަލަކު ބޭރުކުރަން ވާހަކަ ދައްކަން އެއީ ކާކު؟ "އިސްދޫ ދާއިރާގެ މެންބަރު މަޖިލީހުގައި ދެއްކެވި ވާހަކައަށް ރައްދު ދެމުން އެމީހުން ކިޔައިދިނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން އެރަށު ސްކޫލް ހިންގުމަށް ކުރިން ހުންނެވި ބޭފުޅެއް ފޮނުވާލުމަށްވެސް ސިޔާސީ ފިކުރުގައި ބަޔަކު މަސައްކަތްކޮށް އޭނާ ފޮނުވާލާފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for އިސްދޫ ދާއިރާ މެންބަރު މިއަދު މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި

  1. ޕީޕީއެމް ފިކުރުގެ މީހެއް ނޫންވީމަ ކަމުނުގޮސްގެން ތި އުޅެނީ. ޣާރީމެން ކޮން އަނގައެއް ތަޅަކަށް . ކޮބާ އަތޮޅަށް ކޮށްދެވުނު ކަމަކީ.

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް