ފަހުގެ ޚަބަރު


އިތުރަށް...

އަތޮޅު ކައުންސިލް ހުޅުވުމަށް ކޯޓް އަމުރެއް ނެރެދިނުމަށް ފޮނަދޫ ވިޔަފާރިވެރިއަކު ކޯޓަށް މައްސަލަ ހުށައަޅައިފި

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހެޓްރިކް އިންވެސްޓްމެންޓްގެ އޯނަރ ފޮނަދޫ ކޯޓްގައި
މިމަހު 7 ވަނަ ދުވަހުން ފެށިގެން ލ. އަތޮޅު ކައުންސިލް އިދާރާ ބަންދުކޮށް އެތަނުން އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް ނުލިބޭތާ ދުވަސްތަކެއް ވެފައިވާއިރު، އަތޮޅު ކައުންސިލް ހުޅުވުމަށް ކޯޓް އަމުރެއް ނެރެދިނުމަށް ފޮނަދޫ ވިޔަފާރިވެރިއަކު އިއްޔެގެ ވަގުތެއްގައި ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.

ލ. ފޮނަދޫ ހެޓްރިކްޓްރޭޑް އަދި ހެޓްރިކް އިންވެސްޓްމެންޓުން ހިންގަމުންގެންދާ ވިޔަފާރިތަކުގެ އޯނަރު މުޙައްމަދު ރަޝީދު އިއްޔެ ހުށައެޅި މައްސަލައިގެ ފުރަމަ އަޑުއެހުން މިއަދު ހެނދުނު ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މުޙައްމަދު ރަޝީދު ބުނީ މި މައްސަލަ ހުށައެޅީ ވިޔަފާރިކުރުމުގައި ކުރަންޖެހޭ މުޢާމަލާތްތައް ކުރުމުގައި އަތޮޅުކައުންސިލްގެ ބޭނުން ކުރަންޖެހޭތީ ކަމަށެވެ.

އަތޮޅު ކައުންސިލް އިދާރާ ބަންދުކޮށްފައި މިހާގިނަ ދުވަސްތަކެއް ވެފައިވާއިރު ރައްޔިތުންނަށް އެކަމުގެ ސަބަބުން ތަފާތު ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވެހިކަލްތަކުގެ ފީދެއްކުމާއި ރޯޑްވަރދިނަސް އަދި ލައިސަންސްގެ މަސައްކަތްތަކާއި އައިޑީކާޑް ގެ މަސައްކަތްފަދަ ކަންކަމުގެ ޚިދުމަތް ނުލިބި ގިނަދުވަސްތަކެއް ވުމުން ރައްޔިތުންވަނީ މާޔޫސްވެފައެވެ.

އެހެންނަމަވެސް މިކަމާ މިހާރު ރާއްޖޭގައި މިއޮތް ވެރިކަމުން އަޅާނުލާކަން ގިނަބަޔަކީ ދަނީ ފާހަގަ ކުރަމުންނެވެ. އަދި އަނެއް ބަޔަކު ބުނަމުންދަނީ އަތޮޅު ކައުންސިލް ބަންދުކުުރުމަކީ ޕީޕީއެމް އިން އަޑީގައި އޮވެ ކުޅެންފަށާފައިވާ ކުޅިގަނޑެއްގެ ފެށުމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for އަތޮޅު ކައުންސިލް ހުޅުވުމަށް ކޯޓް އަމުރެއް ނެރެދިނުމަށް ފޮނަދޫ ވިޔަފާރިވެރިއަކު ކޯޓަށް މައްސަލަ ހުށައަޅައިފި

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް