ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ލިޔުނީ: Unknown - Monday, October 28, 2013 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އޮކްޓޫބަރު މަހުގެ 27 ވަނަދުވަހުގެ 06:50 ހާއިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދަނީ ލ.އިސްދޫ، ގުލްފާމުގެ، އިބްރާހީމް ޙަސީބު އެވެ.

 އިބްރާހީމް ޙަސީބު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކަމަށާއި ޙަސީބަކީ ފަން، ތުނި އިސްތަށިގަނޑެއް ހުންނަ ހަށިގަނޑުން ހިކިކޮށް އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތުދެއެވެ.

އިބްރާހީމް ޙަސީބު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ހިއްސާކުރެއްވުން އެދެމެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for އިސްދޫ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

  1. ގެއްލުނީ އިސްދޫއިންތަ؟ މާލެއިންތަ؟ ނޫނީ ކޮންތާކުންތަ އެންމެ ފަހުން ފެނުނީ؟

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް