ފަހުގެ ޚަބަރު


އިތުރަށް...

25 އަހަރަށްވުރެން ގިނަދުވަހު ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ލ. ގަން ތުނޑީ ޒަކީބެ ނިޔާވެއްޖެ

ލިޔުނީ: Unknown - Saturday, November 2, 2013 ކޮމެންޓް 2
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޒަކީބެ ހޮސްޕިޓަލްގައި އޮންނަވަނިކޮށް - ފޮޓޯ: އިސްމާޢީލް
ދިވެހި ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރުއްވި، ލ. އަތޮޅުގެ ޢިއްޒަތްތެރިއެއް ކަމަށްވާ ލ. ގަން ތުނޑީ ނިމެރި، މުޙައްމަދު ޒަކީ (ޒަކީބެ( ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ޒަކީބެ ނިޔާވެފައިވަނީ ގުރުދާ (ކިޑްނީ) އަދި ފުރަމޭ (ލިވަރ) އަށް ފަރުވާދިނުމަށް އިމަޖެންސީގައި އިންޑިޔާގެ އަނަންތަޕޫރީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެރޭ 22:52 ގައެވެ.

އަލްމަރުހޫމް މުޙައްމަދު ޒަކީ އަކީ ލ. އަތޮޅު ގަމުގެ އިދާރީ ހިންގުމުގެ ބައެއް މަޤާމުތަކާއި އަތޮޅު އޮފީހުގެ ބައެއް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. 25 އަހަރަށްވުރެން ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު ޒަކީ (ޒަކީބެ) އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، ލ. ގަމު ކުޑަކަތީބުކަމާއި، ކަތީބުކަމުގެ އިތުރުން ބޮޑުކަތީބުކަން އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖެތެރޭގެ ޚާއްޞައެހީތެރިޔާ ކަމާއި ހައްދުންމަތީ އަތޮޅުވެރިޔާގެ އެހީތެރިކަން 1995 ހިސާބުގައި ކުރައްވާފައިވެ އެވެ.

ޒަކީބެއަކީ އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރަންފެށި ދުވަސްވަރުން ފެށިގެން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އުޅުއްވި ބޭފުޅެކެވެ. މިކަމުގެ ސަބަބުން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޒަކީބެ ސަރުކާރުގެ ވަޒީފައިން ވަކިކޮށްފައިވަނީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވިކަމަށް ތުހުމަތުކޮށް މަޢުމޫނު ސަރުކާރުންނެވެ.

ލ. އަތޮޅުގެ ކައުންސިލަރުކަން ކުރެއްވި ޢަބްދުލް ވައްހާބު ވިދާޅުވީ ޒަކީބެއަކީ އޭރު މަޢުމޫނު ސަރުކާރުން ދުވަސްދުވަސްކޮޅުން 'އެހެލާ މީހުން (ވަޒީފާއިން ދުރުކޮށް، މަޤާމު ބަދަލުކުރެވޭ މީހުން) ގެ ތެރޭގައި ލ. އަތޮޅުން ހިމެނިފައިވާ ބޭފުޅެއްކަމަށެވެ.

ހިތްހެޔޮ މިޒާޖެއް ގެންގުޅުއްވާ ސާދާ ދިރިއުޅުއްވުމެއް ހޭދަކުރެއްވި ޒަކީބެ އެންމެފަހުން އަދާކޮށްފައިވާ ވަޒީފާއަކީ ލ. ބަރެސްދޫ ބެލެހެއްޓުމުގެ ވަޒީފާ އެވެ.

ޒަކީބެ ނިޔާވިއިރު އެއްވެސް އަތްބެއްނެތެވެ. މީގެ ދުވަސްކޮޅެއްކުރިން އޭނާގެ އަނބިކަނބަލުންވެސް ވަނީ ނިޔާވެފައެވެ. ޒަކީބެއަށް ލިބިފައިވަނީ 10 ކުދިންނެވެ. އޭގެތެރެއިން ދުނިޔޭގައި ތިބީ 9 ކުދިންނެވެ. އެއީ ޙުސައިން ޒަކީ، އިބްރާހިމް ޒަކީ، ފާތުމަތު ޒަކީ، އަޙްމަދު ޒަކީ، ޙަސަން ޒަކީ، ޢަލީ ޒަކީ،ޢަބްދުﷲ ޒަކީ، އިސްމާޢީލް ޒަކީ އަދި މަރްޔަމް ޒަކީ އެވެ.

"މަރުހޫމް މުޙައްމަދު ޒަކީ (ޒަކީބެ) އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! – އާމީން"
ސޭވްކޮށްފައިވާ ކެޓަގަރީ:

2 ޚިޔާލު: for 25 އަހަރަށްވުރެން ގިނަދުވަހު ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ލ. ގަން ތުނޑީ ޒަކީބެ ނިޔާވެއްޖެ

  1. އާމީީން މަރުހޫމް މުޙައްމަދު ޒަކީ ޒަކީބެ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާން ދޭ އާމީން

    ReplyDelete
  2. ރަނގަޅު ލިޔުމެއް. މިފަދަ ސަޚްސިއްޔަތެއްގެ މައުލޫމާތުގެނެސްދޭ އިރު އިތުރު ދިރާސާތައް ކުރެއްވުން ފެނޭ.

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް