އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް އޯކޭ ޒާހިރު ދޫކޮށްލައިފި
އިސްލާމިކް މިނިސްޓަރު ޝެހް މުހައްމަދު ޝަހީމު އަލީ ސައީދުގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅާ ދިމާކޮށް ހަދާފައިވާ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީ ފޮނަދޫ ދާއިރާ ރައީސް މުހައްމަދު ޒާހިރު ދޫކޮށްލައިފިއެވެ.
ފުލުހުން އޭނާ ދޫކޮށްލާފައިވާ އިރު ހޯމް މިނިސްޓްރީން ބޭނުންވާ ތަނެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު 10 ދުވަހުގެ އަމުރު މިއަދު ހަމަވާނެއެވެ. ފުލުހުން އޭނާ ދޫކޮށްލާފައިވަނީ މިއަދު މެންދުރުއެވެ.
އޮންލައިން ނޫސް ސީއެންއެމަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިކަމަށް ބުނަނީ ޒާހިރު ދޫކޮށްލާފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިންމުމަށްފަހު ކަމަށެވެ.

ފުލުހުން އޯކޭ ޒާހިރު ހައްޔަރުކޮށްފައިވަނީ އޭނާ ގޭގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
އޯކޭ ޒާހިރު ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައެއްގައި ކަން ފުލުހުން ހާމައެއް ނުކުރެއެވެ. އޭނާ ފުލުހުން ހައްޔަރު ކުރި އިރު އިސްލާމިކް މިނިސްޓަރު ޝަހީމުވަނީ އޭނާގެ ނުވަ އަހަރުގެ ދަރިފުޅާ ދިމާކޮށް ބައްޕައަކީ ބާގީއެކޭ ކިޔައި ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށާއި އެޗްއާރުސީއެމަށް މައްސަލަ ހުށަހަޅުއްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އޯކޭ ޒާހިރު މިއަދު މެންދުރު ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސުވާލުތައްކޮށް ނިމުމުން ކަމަށެވެ.
"ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރުމަށް ފަހު މިއަދު މެންދުރު އޭނާ ވަނީ ދޫކޮށްލާފައި،" ހަނީފު ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ އޭނާ ހައްޔަރު ކުރީ އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިފުޅާ މަގުމަތިން ދިމާކުރި ކަމަށް ބުނެ މިނިސްޓަރު ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.
މިނިސްޓަރު ޝަހީމުގެ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމް،9، ސްކޫލް ނިމިގެން ކާރުގައި ގެ ކައިރިއަށް ފޭބި ވަގުތު ދަރިފުޅުގެ ކަރާމަތަށް އުނިކަން އަންނަ ފަދަ ބަސްތައް ބޭނުން ކޮށްގެން ޒާހިރު މުހާތަބުކުރި ކަމަށް ވިދާޅުވެ، ޝަހީމް ވަނީ އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ އިތުރުން ހިޔުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަޅުއްވާފަ އެވެ.
އޯކޭ ޒާހިރު މިއަދު ދޫކޮށްލާފައި ވަނީ 16 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

maruhabaa
ReplyDelete