ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ރޭޕްކުރަން އުޅޭ މީހުންގެ މުޑުދާރު ޢަމަލު ހުއްޓުވާ ދަށުންލާ އަންނައުނެއް އީޖާދުކޮށްފި

ލިޔުނީ: Unknown - Wednesday, May 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރޭޕްކުރުން ނުވަތަ ގަދަކަމުން އިތްފަތްތެރިކަން ފޭރިގަންނަން އުޅޭ މީހުންގެ މުޑުދާރު ޢަމަލު ހުއްޓުވާ ފަދަ ދަށުންލާ އަންނައުނެއް އިންޑިއާގެ އިންޖިނޭރުން އީޖާދުކޮށްފި އެވެ.

އިތްފަތް ފޭރިގަތުމަށް އުޅޭމީހާއަށް 3800 ކިލޯވޮޓްގެ ބާރުމިން ހުންނަ ކަރަންޓް ޝޮކް ފޮނުވާލާ އެންޓި-ރޭޕް އަންޑަރވެއަރ (ދަށުންލާ އަންނައުނު) އުފައްދާފައިވަނީ އިންޑިއާއަށް އުފަން އިންޖީނޭރިންގ ދާއިރާއިން އުނގެނެމުން އަންނަ ދަރިވަރުންގެ ޓީމަކުން ކަމަށް އިންޑީއާގެ ނޫސްތަކުން ބުނެއެވެ.

މި އަންނައުނުން އިތްފަތް ފޭރިގަންނަން އުޅޭ މީހާގެ މަސައްކަތް ނާކާމިޔާބު ކޮށްލުމަށްފަހު އޮޓަމެޓިކުން ފުލުހުންނަށް ނުވަތަ ޢާއިލާގެ މެންބަރަކަށް އެސްއެމްއެސް ފޮނުވާލައެވެ. މި އެސްއެމްއެސް ގައި އެމީހަކު ހުރި ސަރަޙައްދު ނުވަތަ ކުށުގެ ވެށި އަންގައިދޭ ޖީޕީއެސް ލޮކޭޝަންވެސް ހިމެނެއެވެ.
މި އަންނައުނުގައި ހަރުކޮށްފައިވާ ޕްރެޝަރ ސެންސަރސް (ޕްރެޝަރެއް ވުމުން އެކަން ދެނެގަންނަ އާލާތެއް) ހަރުކުރެވިފައިވެއެވެ. މި އާލާތުގެ ސަބަބުން އަންހެނާގެ އުރަމަތި ހުންނަ ސަރަޙައްދަށް ޕްރެޝަރެއް ވުމުން އެ ހިސާބަށް ލިބިގެންނުވާނެ ބާރެއް ލިބޭކަން ދަނެގަންނާނެއެވެ. އަދި މި އަންނައުނުން 82 ކަރަންޓް ޝޮކް ލިއްބައިދޭނެއެވެ. މިއީ އެފަދަ ކަމެއް ކުރަންއުޅޭ މީހާގެ އެ ޢަމަލު ހުއްޓުވުމަށް އެކަށޭނަ މިންވަރެއްގެ ކަރަންޓް ޝޮކެއް އުފައްދާ އަންނައުނެއް ކަމަށް މި އުފެއްދި ޓީމުން ބުނެއެވެ.

މި އަންނައުނު އުފެއްދުމުގައި އެހީތެރިވި އެއްފަރާތްކަމަށްވާ މަނީޝާ މޯހަން ޓައިމްސް އޮފް އިންޑިއާއަށް ބުނެފައިވަނީ: "ދަށުންލާ މި އަންނައުނުގައި ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމަކާއި، މޯބައިލްފޯނު މަސައްކަތްކުރުމަށް މަސައްކަތްކުރާ ގްލޯބަލް ސިސްޓަމަކާއި ޕްރެޝަރ ސެންސަރސް ހަރުކުރެވިފައި ވުމުން 3800 ކޭވީގެ ކަރަންޓް ޝޮކެއް އުފެއްދުމުގެ އިތުރުން ނުރައްކަލެއް އުޅޭކަމުގެ ސިގްނަލް އެއް ފުލުހުންނަށާއި ކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންދާނެ."

"ގަދަކަމުން އިތްފަތް ފޭރިގަންނަން އުޅޭ މީހާ އެ ޢަމަލު ހިންގަން އުޅޭވަގުތު ޕްރެޝަރ ސެންސަރުތައް މަސައްކަތްކުރާން ފެށުމުން ލިބޭނެ އޭނާ ތަޖްރިބާކޮށްފައި ނުވާވަރުގެ ޝޮކެއް، އަދި މި އަންނައުނުގައި ހުންނަ ޖީޕީއެސް އާއި ޖީއެސްއެމް މޮޑިއުލް އިން ފޮނުވައިދޭނެ އިންޑިއާގެ އިމެޖެންސީ ނަންބަރަކަށް އެސްއެމްއެސް އެއް، ހަމަ އެހެންމެ ޝިކާރައަކަށް ވުމުގެ ބިރުވެރިކަމުގައި އޮންނަ އަންހެންކުއްޖާގެ މައިންބަފައިންނަށްވެސް މި އެސްއެމްއެސް ލިބޭނެ."

އަންނައުނުގައި ހަރުކޮށްފައިވާ ޕްރެޝަރ ސެންސަރުގެ ސަރކިޓް
މި އަންނައުނުގެ ތަފްޞީލްތައްވަނީ އިންޑިއާގެ ޓެކްނޮލޮޖީ ވެބްސައިޓްކަމަށްވާ 'ޓެކްޕީޑިއާ' ގައި ޢާއްމުކޮށްފައެވެ. މި ތަފްޞީލްތަކުގައި އުރަމަތި ހިމެނޭ ސަރަޙައްދަށްވާ ހިސާބުގައި މި އަންނައުނުގައި ހަރުކޮށްފައިވާ ކަރަންޓް ޝޮކް ފޮނުވާލާ ސަރކިޓް ބޯޑްގެ ފޮޓޯއެއްވެސް ހިމަނާފައި ވެއެވެ.

މަނީޝާ މޯހަން އިތުރަށް ބުނީ: "އަޅުގަނޑުމެން ކިޔަވަމުންދާ އަންހެންކުދިންގެ ސްކޫލުން އަބަދުވެސް ދަސްކޮށްދޭ އެންމެންނަށްވެސް ރަނގަޅަށް ހިތުމަށާއި ހިނިތުންވެ ތިބުމަށް. އެކަމަކު އަޅުގަނޑުމެން އަސްލު ދުނިޔެއަށް، މި ނޭދެވޭ ކަންތައްތައް ހިނގާ ދުނިޔެއަށް ފިޔަވަޅު އެޅުމުން އެނގިއްޖެ އަޅުގަނޑުމެންގެ ހިނިތުންވުން މާގިނައިރު ދެމިނުހުރުމަކީ ހަމަ އެކަށީގެންވާ ކަމެއްކަން."

"މީގެ އިތުންވެސް ފާހަގަކޮށްލެވޭ ކަމަކީ ޤާނޫނުތައް ހަދާމީހުންވެސް އެކަމަށް އެތައް ވަގުތެއް އެބަނަގާ، އެވަރުންވެސް އަންހެނުންނަށް ރައްކާތެރިކަމެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން މި އިސްނެގީ އަމިއްލަ ނަފުސުގެ ދިފާޢަށް މަސައްކަތްކުރާން. އެއީ ގެވެށި އަނިޔާއާއި މުޖުތަމަޢު އާއި މަސައްކަތްކުރާ މާހައުލުންވިޔަސް ކުރިމަތިވާ ދުއްތުރާތަކުން."

އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ވަރަށް މަތީ ދަރަޖައެއްގައި އޮތް ޤައުމެކެވެ. ވޭތިވެދިޔަ މަސްތަކަށް ބަލައިލިޔަސް މިކަން ފެންނާން އޮންނާނެއެވެ. އެހެންކަމުން އަންހެން ކުދިންތަކެއް އިސްނަގައިގެން އަންހެނުންނަށް ލިބޭ އަނިޔާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހަމަލައިން ދިފާޢުވުމަށް މިފަދަ އުފެއްދުމެއް އީޖާދުކުރި ކަމީ ފާހަގަކުރަން ޖެހޭވަރު ކަމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް