ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ލ. ގަމު މުކުރިމަގު އަވަށުތެރެއިން މީހަކަށް ހަމަލަދީ މަރާލައިފި

ލިޔުނީ: Unknown - Monday, July 15, 2013 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމު މުކުރިމަގު އަވަށު ތެރެއިން ސައިކަލު ދުއްވާފައި ދިޔަ މީހަކަށް ބަޔަކު ހަމަލާދީ މަރާލައިފި އެވެ.

ރޭ ގްރޫޕަކުން ހަމަލާދީ މަރާލާފައި ވަނީ ލ. މުންޑޫއަށް ނިސްބަތްވާ މިވަގުތު ގަމުގައި ދިރިއުޅެމުން އަންނަ ގަމު ތުނޑީ، ވުޑްލޭންޑް، އިސްމާޢީލް ނިޒާރު  31، އެވެ.

ރޭ ދަންވަރު ވަރު ގާތްގަނޑަކަށް 2:00 އެހާކަންހާއިރު ނިޒާރަށް (ފޮޓޯގައި) ހަމަލާދީ މަރާލީ އޭނާ އޭނާއާ އިތުރު ބަޔަކު ކައްދޫން އެއާޕޯޓުން ގަމަށް އައި މަގުމަތީގަ ގަމުގެ މުކުރިމަގު އަވަށާ ހަމައިން ބަޔަކު ސައިކަލް ކުރި މައްޗަށް އަރައި ދަނޑު ހޮޅިބުރިއަކުން ހަމަލާ ދީގެނެވެ.

ލ. ގަމުގެ ފުލުސް ސްޓޭޝަނާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރު އަދުނާން އަލީ ވިދާޅުވީ ބަޔަކު ދިން ހަމަލައެއްގައި މީހަކު މަރާލާފައިވާ ކަމަށާއި މަރުގެ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ނިޒާރަށް ބަޔަކު މީހުން ހަމަލާދީފައިވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުން ކޮށްގެން ކަމަށެވެ. ހާދިސާ ހިނގިތަނުން ފުލުހުންނަށް އެތަކެތި ވަނީ ފެނިފއިވާ ކަމަށް ވެސް ބުންޏެވެ.

ނިޒާރުގެ އާއިލާގެ މެންބަރަކު ރޭ ބުނީ ނިޒާރަށް ހަމަލާދީ މަރާލީ އޭނާ އެކުވެރި އެހެން ތިން މީހަކާއެކު ކައްދޫން އަންނަނިކޮށް ކަމަށާއި ނިޒާރުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

"ދެގަޑި ބައި އެހާކަންހާއިރު ނިޒާރާއެކު ދަތުރު ކުރި އެއް ކުއްޖަކު ފޯނުކޯށްފައި ބުނީ ނިޒާރަށް ހަމަލާދީ ޒަހަމްކޮށްލައިފިޔޭ. އަވަހަށް ހޮސްޕިޓަލަށް އަންނާށޭ، ދެން އާއިލާއިގެ އެންމެހެން ހޮސްޕިޓަލަށް ދިޔައިރު ވެސް ވަނީ މަރުވެފައި،" އެ މެންބަރު ބުންޏެވެ. "ހަމަލާ ދިނީ ސައިކަލްގައި ދަނިކޮށް ކުއްލިއަކަށް ގްރޫޕަކުން ކުރި މައްޗަށް އަރައި ދަނޑު ގޮޅިގަނޑަކުން ކަމަށް ވަނީ. ފުރަތަމަ ހޫރައިލި ހޮޅިގަނޑަކުން ނުޖެހުމުން ދެވަނަ ފަހަރަށް ހަމަލާ ދިނުމާއެކު ބޯފަޅައިގެން ގޮސް ހޭނެތިގެން ސައިކަލާއެކު ވެއްޓުނީ. ދެން އެމީހުން ތަޅައި ޒަހަމްކޮށްލާފައި ދުވެފައި ފިލީ،"

އެ އާއިލާގެ އެހެން މެންބަރަކު ބުނީ ނިޒާރަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ މޫނު މައްޗަށާއި ބޮލާއި ބުރައްކައްޓަށް ބޮޑެތި ޒަހަމްތައް ލިބިފައިވާއިރު މަރުވެފައި އޮތް އިރުވެސް އެތަންތަނުން ލޭ މަނާ ނުވާ ކަމަށާއި ހަމަލާ ދިން ގްރޫޕްގެ އެއްބަޔަކު މޫނު ނިވާކޮށްގެން ތިބި އިރު ބައެއް މީހުން ތިބީ މޫނު ނިވާ ނުކޮށް ކަމަށެވެ. އަދި ނިޒާރު ވެއްޓުމުން ތަޅައިގަތުމަށްފަހު "ސޮރީއޭ އޮޅިގެންނޭ" ބުނެފައި ދުވެފައި ފިލައިގެން ދިޔައީ ކަމަށެވެ.

"ނިޒާރު އެހެން ތިން ކުއްޖަކު ސައިކަލްގައި އައީ. ދެ ސައިކަލެއްގައި. އަންނަނިކޮށް މުކުރިމަގު ދިރާގު އެންޓަނާއާ ހަމައިން ހަމަލާދިނީ. އޭގެ ތެރެއިން ބައެއް މީހުން އެނގޭ ކަމަށްވަނީ،" ނިޒާރުގެ އެއްބަފާ ބޭބޭ ބުންޏެވެ.

ގަމުގެ ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ބުނީ ނިޒާރު ހޮސްޕިޓަލަށް ގެނައީ 2:40 އެހާކަންހާއިރު ކަމަށާއި އޭނާގެ ބޮލުގެ ފުއްކިބައިން ފަސް އިންޗި ފުނަށް ދަގަނޑެއް ހަރާލުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އަދި ބުނީ ބޮލުގައި ހުރި ޒަހަމަށް ބަލާއިރު އެއީ ފަހަތުން ދަގަނޑު އެއްލުމުން ހެރިގެން ފުނަށް ވަދެފައި ހުރީ ކަމަށް ލަފާ ކުރެވޭ ކަމަށާއި ސައިކަލާއެކު ވެއްޓުމެ ސަބަބުން މޫނާއި ނޭފަތް މަތިން ޒަހަމްވެފައިވާއިރު ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް ކުދި ޒަހަމްތައް ހުރި ކަމަށެވެ.

ނިޒާރަށް ހަމަލާދީ މަރާލާފައި ވަނީ އޭނާ އުފަން ރަށް މުންޑޫގައި ހުރުމަށްފަހު ގަމުގެ ސްޓާ ޖަމިއްޔާއިން ކުރިޔަށްގެންދާ ރަމާޒާން ކަޕްގެ ފުޓްބޯޅަ މެޗެއް ކުޅެން ގޮސް އުޅެނިކޮށެވެ. ކުށުގެ އެއްވެސް ރިކޯޑެއް ނޯންނަ ނިޒާރު މަރާލި އިރު އޭނާގެ ދެ އަންހެން ކުދިން ތިބެ އެވެ. އަންބަކު ނެތެވެ. ނިޒާރުގެ ހަށިގަނޑު ހޮސްޕިޓަލުން ގެއަށް ގެންދިއުމަށްފަހު އޭނާގެ މޫނު ދެއްކުމުގެ މަސައްކަތް އާއިލާއިން ވަނީ މިހާރު ފަށާފަ އެވެ. ވަޅުލަނީ މެންދުރު ނަމާދަށް ފަހު އެވެ.

ނިޒާރު މަރާލި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ގަމަށް ދަތުރު ފަށާފައިވާއިރު މަރުގެ މި ހަމަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ލ. ގަމު މުކުރިމަގު އަވަށުތެރެއިން މީހަކަށް ހަމަލަދީ މަރާލައިފި

  1. އެވެސް ހަމަ އިންސާނެކެވެ. ޖަނަވަަރެއް ނުވަތަ އެހެންވެސް ދިރޭ ސޫއްޕެއް ނޫނެވެެ. ތިމާމެން ހިތހަށް އެރީމަ ތަލާ މަރާލަން. އޭނަގެވެސް ބައްޕައާއި މަންމަ ދައްތައިންނާއި ބޭބެއިން ، ކޮށްކޮ މެންނާއި ހެޔޮއެދޭ ރަހުމަތްތެރިން، ވާނެއެވެ، އެބައިމީހުންގެވެސް ހިތަކާއި އިހްސާސްތަކެއްވެއެވެ. އުންމީދުތަކެއްވެއެވެ. އަނިޔާވެރިވާ މީހުންގެ ގާތްމީހަކަށް އެފަދަ އަނިޔަލެއް ވުމުން ހަމަ އޭނަ އަށް ކުރެވޭ އިޚްސާސްތައް އެހެން މީހުންނަށް ކުރެވޭނެއެވެ. މިރަމަލާންމަހުގައި ކުރެވޭ ހެޔޮކަން ގިނަވެގެނވެސް އެފަދަ ބޮދު ފާފައެއް ކުރާކަށް ނުވާނެ ނޫންތޯ ! އަނިޔާވެރިންނަކީވެސް ﷲ ގެ ހަލްރަތުގަ ޖަވާބުދާރީ ވާންޖެހޭނެ ބައެކެވެ.


    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް