ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ނިޒާރަށް ހަމަލާދިނީ ކޮއްކޮ ކަމަށް ހީކޮށް: އާއިލާ

ލިޔުނީ: Unknown - Monday, July 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. މުންޑޫ، ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލް އޭނާގެ ތިން އެކުވެރިޔަކާ އެކު ދެ ސައިކަލެއްގައި ކައްދު އަށް ގޮސް އެނބުރި ތުނޑީ އަވަށަށް ދިޔަ މަގުމަތީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އެމީހުން ހުއްޓުވި އެވެ. ދެން ފެނުނީ އޭގެ ތެރެއިން އެކަކު ނިޒާރުގެ ބޮލަށް ދަގަނޑު ބުރިއަކުން ހަމަލާދިން ތަނެވެ. އޭނާ ވެއްޓުމާ އެކު ތިން މީހުން އޭނާގެ ގައިގައި ދަގަނޑު ބުރިންނާއި ލަކުޑި ބުރިއަކުން ތެޅި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

މުކުރިމަގުގެ ސަރަހައްދެއްގައި ރޭ ދަންވަރު 2:30 ހާއިރު ހިންގި މި މާރާމާރީއާ ގުޅިގެން 31 އަހަރުގެ ނިޒާރު ގަމު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

ފުލުހުން މިހާރު ވަނީ 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ނިޒަރަކީ މިހާތަނަށް ކުށުގެ ރެކޯޑެއް ވެސް ނެތް މީހަކަށް ވެފައި، އެނުރައްކާތެރި ހަމަލާ އޭނާ އަށް އަމާޒުވުމުން، އާއިލާ އާއި އޭނާ ދަންނަ އެތައް ބަޔަކު ތިބީ ހައިރާންވެފަ އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި ނިޒާރުގެ ބޮޑުބޭބެ އަލީ އާދަމް ބުނީ އެ ގްރޫޕުން ނިޒާރަށް ހަމަލާ ދިނީ އޭނާގެ ކޮއްކޮ ކަމަށް ހީކޮށް ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އެގޮތަށް ލަފާކުރެވޭ އެއް ސަބަބަކީ، މުކުރިމަގުގެ ބަޔަކު ކެއްކި ބަނގުރާ ހަމެއް މީގެ ދުވަސްކޮޅެއް ކުރިން ނިޒާރުގެ ކޮއްކޮ އާއި އެހެން މީހަކު ވެގެން ވަގަށް ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަ ކަމަށް އަލީ ބުންޏެވެ.

އެއާޕޯޓް އޮންނަ ކައްދު އަށް ނިޒާރާއި އޭނާގެ ތިން އެކުވެރިން ދިޔައީ ރޯދަމަހު ފަށައިގެން އުޅޭ ފުޓްބޯޅަ މުބާރާތެއްގައި ބޭނުންކުރަން ގެނައި ޖާޒީ ބައެއް ބަލަ އެވެ.

"ފުޓްބޯޅަ މުބާރާތަށް މާލެ އިން ފޮނުވި ޖާޒީތައް ހިފައިގެން ގަމަށް އައި މަގުމަތީގައި [މުކުރި މަގު އަވަށާ ހިސާބުން] އެ ގްރޫޕު ދިމާކޮށްފައި ބުނީ މަޑުކުރާށޭ. ދެން ހަތަރު ކުދިން ސައިކަލް މަޑުކުރީމަ އޭނަ އަށް [ނިޒާރަށް] ހަމަލާދިނީމަ ސައިކަލް މަތިން އޭނާ ބިންމައްޗަށް ވެއްޓުނީ. އޭނާއާ އެކު ސައިކަލް ފަހަތުގައި އިން ކުއްޖާ އަށް ވެސް އަނިޔާކުރި،" އަލީ ބުންޏެވެ.

ހަމަލާދިން ތިން މީހުން މޫނު ނިވާކޮށްގެން ތިއްބަސް އެ ގްރޫޕްގައި މޫނު ނިވާނުކޮށް އިތުރު ދެ މީހަކު ތިބި ކަމަށްވެ އެވެ.
ގަމުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މީގެ ހައެއްކަ އަހަރު ކުރިން އެ ރަށަށް ދިރިއުޅުން ބަދަލުކުރި ނިޒާރާއި އެހެން މީހަކާ ދެމެދު އެއްވެސް ކަހަލަ މައްސަލައެއް ޖެހިފައެއް ނެތެވެ.

"ނިޒާރުގެ ކޮއްކޮ އާއި އިސްދޫ އެހެން މީހަކު ވެގެން މުކުރި މަގުގައި [ކައްކާފައި] ހުރި ބަނގުރާ ހަމެއް ވަގަށް ނެގި ކަމަށް ވަނީ. އެ މައްސަލާގައި ކޮއްކޮ ކަމަށް ހީކޮށް ނިޒާރަށް ހަމަލާދީ މަރާލީ،" ހަމަލާގެ ފަހަތުގައި އޮތް ކަމަށް ގިނަ މީހުން ވާހަކަ ދައްކާ ސަބަބު އަލީ ކިޔައިދިނެވެ.

މަސްވެރިކަން ކުރާ ނިޒާރުގެ ހުސް ވަގުތު ހޭދަކުރަނީ ފުޓްބޯޅަ ކުޅުމުގަ އެވެ. އޭނާގެ ކުޑަ ދެ އަންހެން ކުދިން ދިރިއުޅެނީ އޭނާގެ ކުރީގެ އަންހެނުންނާ އެކު މުންޑޫގަ އެވެ.

ނިޒާރަށް ހަމަލާދިން އިރު އޭނާއާ އެކުގައި ތިބި މީހުންނާ ހަވާލާދީ އާއިލާ އިން ބުނީ ހަމަލާދިނުމަށް ފަހު ގްރޫޕް އެނބުރި ދަމުން މާފަށް އެދުނު ކަމަށެވެ.

އަލީ ބުނި ގޮތުގައި އެމީހުން ބުނި ކަމަށް ވަނީ އެ ހަމަލާ ދިނީ "އޮޅިގެން" ކަމަށެވެ.
ނިޒާރަށް ހަމަލާދޭން ބޭނުންކުރި ދަގަނޑުބުރި އާއި ލަކުޑިބުރި މުކުރި މަގު ސަރަހައްދަކުން ފުލުހުން މިހާރު ވަނީ ހޯދައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ އެރަށަށް ދިޔަ ފުލުހުންގެ ޚާއްސަ ޓީމަކުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް