ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ލ. ގަމުގައި މީހަކު މަރާލި މައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައި ބަހުސް ކޮށްފި

ލިޔުނީ: Unknown - Monday, July 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގައި ސައިކަލެއްގައި ދިޔަ މީހަކަށް ބަޔަކު ހަމަލާދީ މަރާލާފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހަޅައްވަމުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލަ ހުށަޅުއްވަން ޖެހުނީ ރާއްޖޭގައި ހިންގާ މަރުގެ ހާދިސާތައް އާންމުވެ، މުޅި ރާއްޖޭގެ އެކި ކޮންކޮޅުތަކުގައި އަމާންކަން ގެއްލިފައިވާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްތެރިކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ވެސް ރާއްޖޭގައި އަނިޔާވެރި ގޮތްގޮތަށް މީހުން މަރާލާފައިވާ މީހުންނަށް އަދަބު ދެވިފައި ނުވާ ކަމަށެވެ. އެގޮތުން އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މީހާ އަށް ވެސް އަދަބު ދެވިފައި ނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑރ. އަފްރާޝީމް މަރާލީ ކާކުކަމާއި އެކަމުގެ އެޑީގައި ތިބީ ކޮންބައެއް މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒްއަށާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މަރަށް މަރު ހިފަން ޖެހޭނެ ކަމަށާއި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ރައީސް ޑރ. ވަހީދުގެ ޕާޓީ އަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވީ ވެރިކަން ބަދަލުވުމަށް ފަހު ރާއްޖޭގައި ހިނގާފައި މަރުގެ ތަފާތު އެކި ހާދިސާތަކާއި އަދި ހިނގަމުންދާ މަރުގެ ހާދިސާތަކުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ ބޭފުޅުން ކަމަށެވެ. އެގޮތުން ޝަރީފް ވިދާޅުވީ މާރާމާރީ އަށް ހިތްވަރު ދެއްވައި ކުރީގެ ރައީސް ނަޝީދު ވާހަކުފުޅު ދައްކަވާފައިވާ ވީޑިއޯތަކާއި އޯޑިއޯތައް އާންމުވެފައިވާ ކަމަށެވެ. އަދި ޑރ. އަފްރާޝީމް މަރާލުމުގެ އަޑީގައި ތިބިކަމަށް ތުހުމަތު ކުރެވެނީ ވެސް އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޖުތަމަޢު ތެރޭގައި ހިނގާ ހުރިހާ ފަސާދައާއި މާރާމާރީގެ އަސްލަކީ ކުރީގެ ރައީސް ނަޝީދު ކަމަށާއި އެފަދަ ހުރިހާ ލާއިންސާނީ ޖަރީމާތަކެއްގެ ފަހަތުގައި ހުންނެވީ އެމަނިކުފާނާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ކަމަށެވެ. އެހެން ކަމުން މީހުން މެރުމާއި އެފަދަ ޖަރީމާތަކުގެ ވާހަކަ އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންނަަށް ނުދެއްކޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ތިމަރަފުށީ މީހުން މަރުގެ ވާހަކަތައް މަޖިލީހުގައި ނުދެއްކުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަންގަވައިގެން ކަމަށެވެ. އެހެން ކަމުން ޝަރީފް ދެއްކެވި ވާހަކަފުޅު ކުށްވެރި ކުރާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ރާއްޖޭގައި މީހުން މެރުމާއި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ނައިސްގެން އުޅެނީ އެކަން ކަމުގެ އަޑީގައި ފުލުހުންގެ އިސްބޭފުޅުން ހިމެނޭތީ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ މީހުން މަރާމީހުންނާއި ލާއިންސާނީ ޖަރީމާތައް ހިންގާ މީހުންނަށް ފުލުހުންގެ އެހީތެރިކަން ލިބެމުންދާ ނަމަ އެކަންކަމަށް ހުއްޓުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް