ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

އަރުހަމްގެ މެޔަށް ވަޅިހެރީ ވިސާމް، ފުރަގަހުގައި ހުރެ ހަމަލާދިނީ ސުފްޔާން: ހެކި

ލިޔުނީ: Unknown - Sunday, July 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރެއަށް ވެދެ ދެ މީހަކު ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް އަށް ހަމަލާދިން މަންޒަރު ދުށްކަމަށް މީހަކު މިއަދު ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭގޮތަށް އަޑުބަދަލުކޮށްގެން ހެކިބަސް ދެމުން އެމީހާ ބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގާތްގަނޑަކަށް 4:45 އެހައިކަންހާއިރު ލ. މާވަށް އެވަބުލޫ މުހައްމަދު ވިސާމް އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް ސައިކަލްތަކެއްގައި ގޮސް ޕާކްތެރެއަށް ވަދެގަތް މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.

ހެކިބަސް ދެމުން އެމީހާ ބުނީ ޕާކްތެރެއަށް ވަނުމަށް ފަހު އަރުހަމް ވަށާލައިގެން ތިބެ އެ މީހުންގެ ތެރެއިން ވިސާމް އަރުހަމްގެ މެޔަށް ވަޅިހެރި ތަނާއި އަދި އަރުހަމްގެ ފުރަގަހުގައި ހުރެ ސުފުޔާން އޭނާ އަށް ހަމަލާދިން މަންޒަރު ވެސް ވަރަށް ސާފުކޮށް ފެނުނު ކަމަށެވެ. ނަމަވެސް އެ މީހުންގެ ތެރެއިން މަންސޫރު އެއްވެސްކަމެއް ކުރިތަނެއް ނުފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމަލާދިން ވަގުތު އަރުހަމް ހަޅޭލަވައިގަތް އަޑު އިވުނު ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

"ވިސާމް އަރުހަމްގެ މެޔާދިމާލަށް އެއްފަހަރު ވަޅި ހަރާލިތަން ދުށިން. ސުފުޔާން އަރުހަމްގެ ފުރަގަހުގައި ހުރެ އޭނާ އަށް ހަމަލާދިންތަން ވެސް ދުށިން. މަންސޫރު އަރްހަމް ކައިރީ ހުރި. އެކަމަކު އެއްވެސް ކަމެއް އޭނާ ނުކުރޭ. އަރުހަމް ހަޅޭލެއްވި އަޑު އިވުނު،" ތަކުރާރުކޮށް ޝަރީއަތުގައި ސުވާލު ކުރުމުން އެމީހާ ބުންޏެވެ.

އެ ތިން މީހުން ޕާކްތެރެއަށް ވަދެގެންދިޔައިރު މއ. ސީނަރީވިޔު އާތިފް ރަޝީދު ޕާކަށް ވަންނަ ގޯޅިގަނޑު ކުރިމަތީ ސައިކަލެއްގެ މަތީގައި އިންދާ ފެނުނުކަމަށް ވެސް ހެކިބަސްދެމުން އެމީހާ ބުންޏެވެ.

އެމީހާގެ އިތުރުން އެހެކިބަސްދިން އެހެން މީހަކު ވެސް ބުނީ ވިސާމް އާއި ސުފުޔާން އަދި މަންސޫރު ޕާކްތެރެއަށް ވަދެގަތް މަންޒަރު އޭނާ އަށް ފެނުނު ކަމަށާއި އެވަގުތު ސުފުޔާންގެ އަތުގައި ވަޅިއެއް އޮތްކަމަށެވެ.

ޕާކްތެރެއަށް ވަނުމަށްފަހު އެ ތިން މީހުން އަރުހަމްގެ ގައިގައި ހިފަހައްޓައިގެން ތިއްބާ ފެނުނުކަމަށް ވެސް ހެކިބަސްދިން އެ މީހާ ވަނީ ބުނެފަ އެވެ. ނަމަވެސް އެ މީހުން އޭނާ އަށް ހަމަލާދިން މަންޒަރު ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ސުފުޔާން ހުރީ އަރުހަމްގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން. ވިސާމް ހުރީ ކުރިމަތީގައި. މަންސޫރު ވާތްފަޅިން އަރުހަމްގެ އަތުގައި ހިފައިގެން ހުރީ. އެވަގުތު ހަޅޭލައްވާ އަޑު އިވުނު،" އެމީހާ ބުންޏެވެ.

މިއަދު ހެކިބަސްދިން ތިންވަނަ މީހާ ބުނީ ތިން ސައިކަލެއްގައި ހަ މީހަކު ޕާކަށް ވަންނަ ގޯޅި ކުރިމައްޗަށް މަޑުކުރިތަނާއި އޭގެތެރެއިން ބައެއް މީހުން ޕާކްތެރެއަށް ވަދެގަތް މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރުއަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

އުމުރުން 16 އަހަރުގެ އަރުހަމް އަކީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލްކުރަމުން ދިޔަ ކުއްޖެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް