ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ޖުލައި 7 ން ފެށިގެން އަތޮޅު ކައުންސިލް އިދާރާ ބަންދު – ކަންބޮޑުވާ އެއްވެސް ފަރާތެއް ނެތް

ލިޔުނީ: Unknown - Saturday, July 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަތޮޅު ކައުންސިލް ހިންގުމުގައި މިހާރު ރާއްޖޭގައި އޮތްވެރިކަމުން އެއްބާރުލުން ނުދޭކަމަށް ބުނެ ލ. އަތޮޅު ކައުންސިލް ވަގުތީގޮތުން ބަންދުކޮށް އިހްތިޖާޖް ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އަތޮޅު ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ޚިދުމަތެއް ނުލިބި ހަތްވަރަކަށް ދުވަސް ފާއިތުވެދިޔައިރު، އެކަމާ ކަންބޮޑުވާ އެއްވެސް ފަރާތެއް މިހާރު ރާއްޖޭގައި މި އޮތް ބަޣާވާތުގެ ސަރުކާރުގައި ނެތްފަދައެވެ. ސަރުކާރުގެ ކަންބޮޑުވުމެއް ނެތްއިރު މިކަމާ ގުޅިގެން ކައުންސިލްތައް ހިންގާ ރެގިއުލޭޓް ކުރުމަށް ޤާނޫނުން ބާރުދީފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީންވެސް މިކަމާ އެއްވެސް ބަހެއް މިހާތަނަށް އައިއިރު ބުނެފައެއް ނުވެއެވެ.

ހައްދުންމަތީގެ ކަންކަން ހުރިހާ ގޮތަކުން، ހުރިހައި ފަރާތަކަންވެސް ހައްދުން ނައްޓާލައި ވަރިހަމަ ކަމަށް ހަދާފައި ވާއިރު، މި ރަމަޟާން މަހާއި ދިމާކޮށް ރޯޑްވާރދިނަސް ހެއްދުމާއި އިންތިޚާބެއް ބޯމަތިވެފައިވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އައުކުރަން ބޭނުންވެފައި ތިބި އެތައް ބަޔަކުވެސް މިވަގުތު ތިބީ އެ ޚިދުމަތްތަކުންވެސް މަޙްރޫމު ވެފައެވެ.

ބަޖެޓް ނެތް ކަމަށް ބުނެ ލ. އަތޮޅު ކައުންސިލްގެ އިދާރާ ބަންދުކޮށްފައި ހުންނަތާ ހަފުތާއެއް ވާއިރު އެކަމަށް ހައްލެއް ނުލިބޭ ކަމަށް އެ ކައުންސިލުން ވެސް ވަނީ މިއަދު ބުނެފައެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ކައުންސިލްގެ އިދާރާ ބަންދުކުރީ ބަޖެޓް ނެތިގެން ރައްޔިތުންނަށް ދޭ ބައެއް ހިދުމަތްތައް ހުއްޓުމަކާ ހިސާބަކަށް ދިއުމުންނެވެ. އަދި ބައެއް ހިދުމަތްތައް މުޅިން ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އަހަރަށް ދިން ހަ މިލިއަން ރުފިޔާގެ ބަޖެޓް ހުސްވެއްޖެ. މި މަހަށް ކަރަންޓް ބިލް ވެސް، ފޯން ބިލް ވެސް ދެއްކޭކަށް ނެތް. މި މަސް ނިމޭއިރު އެ ފައިސާ ނުދައްކައިފިނަމަ ހިދުމަތްތައް ކަނޑާލާނެ،" ރަޝީދު ވިދާޅުވި އެވެ.

އެހާ އަވަހަށް ބަޖެޓް ހުސްވީ ގަން-ފޮނަދޫ މަގު ހަދާ ޔުނިޓާއި އިސްދޫ މަގު ހަދާ ޔުނިޓްގެ 22 މުވައްޒަފަކަށް އަތޮޅު ކައުންސިލުން މުސާރަ ދޭން ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ވެސް ކުރީ ފިނޭންސުން އަންގައިގެން ބަޖެޓް ކޯޑްތައް ބަދަލުކޮށްގެން. އަންނަ މަހު އެ މީހުންނަށް ވެސް މުސާރަ ދޭނެ ގޮތެއް ދެން ނެތް. އަދި އެ މަސައްކަތައް ބޭނުންކުރާ ވެހިކަލްތަކުގެ އަހަރީ ފީ ނުދައިގެން ރަޖިސްޓްރީ ވެސް ވަނީ ބާތިލްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ގަން-ފޮނަދޫ މަގު ހެދުމުގެ މަސައްކަތަށް ބޭނުންކުރާ 12 ވެހިކަލާއި އިސްދޫ މަގު ހެދުމަށް ބޭނުންކުރާ ހަތަރު ވެހިކަލްގެ އަހަރީ ފީ އާއި ޖޫރިމަނާ އަށް 200،000ރ. އަށް ވުރެ ގިނަ ފައިސާ ވަނީ އަރައިފަ އެވެ. އަދި މިދިޔަ އަހަރު ކައުންސިލުން ކުރި ހަރަދުތަކުގެ ތެރެއިން 360،000ރ. ހަލާސް ނުކުރެވޭ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން މަގާއި އެހެނިހެން އިޖުތިމާއީ ސަރަހައްދުތައް ކުނި ކެހުމަށް ވެސް ބަޖެޓް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ މިހާތަނަށް ފޮނަދޫގައި އެއްގޮތަކަށް ވެސް ކުންޏެއް ނުކަހާ. ގަމުގައި ވެސް ބަޖެޓް ހުރީ އެއް މަސްދުވަހު ކުނިކެހޭ ވަރަށް،" ރަޝީދު ވިދާޅުވި އެވެ.

އެކަން ކަމަށް ހައްލެއް ހޯދަން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރި ކަމަށާއި ކައުންސިލް އިދާރާ ބަންދުކުރުމަށް ގަރާރު ފާސްކުރަން ޖެހުނީ އެކަންކަމަށް ހައްލެއް ނުފެނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހިދުމަތް ދެވެން ނެތް ތަނެއް ހުޅުވާފައި ބެހެއްޓުމުގެ ބޭނުމެއް ނެތް،" ރަޝީދު ވިދާޅުވި އެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސް ޝުޖާއު ހުސައިން ވިދާޅުވީ ކައުންސިލެއްގެ އިދާރާ ބަންދުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެއާކު ލ. އަތޮޅު ކައުންސިލަށް ފައިސާގެ ތާށިކަން ކުރިމަތިވެފައި އޮތުމަކީ ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެކަން ހައްލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ވެރިކަމުގެ 3 އަހަރު ކައުންސިލް ހިންގުމަށް މިފަދަ ދަތިތަކެއް ކުރިމަތިވެ މިފަދަ ދަށް ހާލަތަކަށް ވެއްޓިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް