ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ “އެގްރި ވިޔަފާރި” ތައާރަފްކުރުން އަންނަ ހޮނިހިރު ދުވަހު

ލިޔުނީ: Unknown - Wednesday, May 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ އެގްރި ވިޔަފާރި ތައާރަފްކުރުން އަންނަ ހޮނިހުރު ދުވަހު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މި ސިއާސަތު ހާމަކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ހަވިއްތަ ސަރަހައްދުގައެވެ. މި ސިއާސަތުގެ ޝިއާރަކީ “ހެއްދި އެތިކޮޅުދޭ ކިރާލަން، ވަގުތުން ފައިސާދޭ” އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް އެމްޑީޕީން އެކުލަވާލާފައިވާ އަށް ސިޔާސަތެއްގެ ތެރެއިން މިހާތަނަށް ތިން ސިޔާސަތެއް ރާއްޖޭގެ 22 ސަރަހައްދެއްގައި ވަނީ ހާމަކޮށްފަ އެވެ.

އޭގެ ތެރޭގައި، ފަޅުގޮވާމުގެ ސިއާސަތާއި، ގެސްޓުހައުސް ވިޔަފާރީގެ ސިޔާސަތާއި، މިނިވަން މަސައްކަތްތެރިއާގެ ސިއާސަތު ހިމެނެ އެވެ.

އެގްރި ވިޔާފާރި ސިޔާސަތު ލ. އަތޮޅުގައި ރަސްމީކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮން ރަށެއްގައި ކަން ކަށަވަރުވެފައި ނުވިނަމަވެސް މަޢުލޫމާތު ލިބެނީ މި ޙަރަކާތް އަތޮޅުފެންވަރުގައި ބާއްވަނީ ލ. އިސްދޫ ގައި ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް