ނޭޝަނަލް އިންކުއަރީ ކޮމިޝަނުން |
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އުންކުއަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ފުރަތަމަ ޑްރާފާޓާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށާއި އެ ރިޕޯޓް އެކުލަވާލާފައިވަނީ ވަރަށް ގިނަ ބައެއްގެ ހެކިބަސްނުހިމަނާކަމަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯނީއަށް އައްޔަނުކުރައްވާފައިވާ ގަހާ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޯނީގެ މަސައްކަތް ހިންގަމުންގެންދާ މުލިއާގެ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ކޯނީގައިހިމެނިވަޑައިގަންނަވާ ސިންގަންޕޫރު ފަނޑިޔާރު ހުށަހަޅުއްވާފައިވާ ޑްރާފްޓުގައި ގިނަ ބައެއްގެ ވާހަކަތައް ހިމަނުއްވާފައިނުވާކަމަށާއި ނަމަވެސް ތައްޔާރުކުރައްވާފައިވަނީ ޑްރާފްޓެއްކަމަށެވެ.ކޯނީގެ ޑްރާފްޓް ރިޕޯޓްގައި އިންޓިވިއުތައް ދިން ގިނަ ފަރާތްތަކުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ގަހާ ސައީދު ވިދާޅުވިއެވެ. ނަމަވެސް ކޯނީއަށް މައުލޫމާތު ދިން ފަރާތްތަކުގެ މައްޗަށް ރިއާޔަތްކޮށްފައި ނުވަނީ ވީޑިއޯ އާއި އޯޑިއޯ ފޮޓޯތައް ހުށަހަޅާފައިވާ އެއްޗެހި ކަމެއް ސައީދު ވިދާޅެއް ނުވެ އެވެ.
"ޖަޖު ސެލްވަމް ޑްރާފްޓް ކުރައްވައިގެން މި ގެންނެވި ޑްރާފަޓަކީ އަޅުގަނޑުމެނަށް ފެނުނު މަންޒަރާއި އަޅުގަނޑުމެނަށް ކުރެވުނު އިހްސާސްތައް ކޮންމެ ވެސް ވަރަށް ދޮގުކުރާ ޑްރާފްޓެއް. ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް ހުރި ޑްރާފްޓެއް. އަދި މިހާރު ހުރި ގޮތުން،" ސައީދު ވިދާޅުވި އެވެ.
ގަހާ ސަޢީދު ނޫސްވެރިންނަށް މިއަދު މަޢުލޫމާތު ދެއްވަނީ |
"މިހާރުވެސް އެއަށް މަޝްވަރާކުރަމުންގެންދަނީ. މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާއިރު ބަދަލުތަކެއް އަތުވެދާނެ،" މީގެ ކުޑައިރުކޮޅެއްކުރިން މުލިއާގެ ކައިރީގައި ހުންނަވައިގެން ސައީދު ވިދާޅުވިއެވެ.
ސައީދުގެ ބަޔާނަށް ފަހު ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާރޕާސަށް މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެންމެ ކުރިމަތީގައި ހިނގާދިޔަ ހާދިސާއެއްގެ ކަންކަން ބަލާނިމޭއިރު އެ ދުވަހު ފެނުނު ކަންތައްތައް ރިޕޯޓުގައި ނުހިމަނާ ނަމަ އެކަމާ ވަރަށް ބޮޑަށް ކަން ބޮޑުވެވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިހާރު ތައްޔާރުކޮށްފައިވަނީ ފުރަތަމަ ޑްރާފްޓުކަމުން އެއަށް އިސްލާހު އައުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ސައީދު ދާދި ދެންމެއަކު މިހެން ވިދާޅުވެ ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވާފައި ވަނީ މުލިއާގެ ކުރިމަތީގަ އެވެ. ސައީދު އެ ސަރަހައްދުގައި ކުރު އިންޓަވިއު އެއް ދެއްވި އިރު އެ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު އެއްވެފަ އެވެ. އަދި ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.
ރޭގަ ގޮޅާބޯ ވާހަކަ ދެއްކިގޮތުންވެސް ހީވެއްޖެ ތި ރިޕޯޓްވެސް ނުކުންނާނީ ބަޣާވާތަކުންނޭ.
ReplyDelete