![]() |
މާމެންދޫ
ކޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
|
ފޮނަދޫ ކޯޓުން މިމަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ މީޑިއާކަށް މަޢުލޫމާތު ދެމުން ބުނީ މާބައިދޫ ކޯޓު އިމާރާތް ކުރުމަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ އެކަމަށް ޓަކައި އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މާބައިދޫ ކޯޓް އިމާރާތްކުރުމަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ސަލީމް އެވެ. އަދި ފޮނަދޫ ކޯޓުގެ ފަރާތުން ސޮއިކުރެއްވީ ކޯޓު އެޑްމިނިސްޓްރޭޓަރ މުހައްމަދު ހަމީދު އެވެ.
މާބައިދޫ ކޯޓު މިހާތަނަށް ހިންގަމުން އައީ ކައުންސިލް އިދާރާގެ ވަކި ކޮޓަރިއެއްގެ ތެރޭގަ އެވެ. ކޯޓު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކޯޓު އިމާރާތްކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގައި ކަމަށް ފޮނަދޫ ކޯޓުން ބުންޏެވެ.
މީގެ އިތުރުން ހައްދުންމަތީ މާމެންދޫ
މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ފަރާތުން
ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމުގެ މަސައްކަތް
ޙަވާލުކުރުމުގެ ރަސްމިއްޔާތު 26 ސެޕްޓެމްބަރ 2012 ގައި ހައްދުންމަތީ ފޮނަދޫ
މެޖިސްޓްރޭޓް ކޯޓުގައި ބާއްވާފައިވެއެވެ.
ކޯޓް ހެދުމަށްވުރެން މީހުން ހޭލުންތެރި ކުރުވޭތޯ ބެލިއްޔާ މާ ރަނގަޅުވާނެ
ReplyDelete