ފަހުގެ ޚަބަރު


އިތުރަށް...

ފުލުހަކާ ދިމާއަށް ބާޣީއަށް ގޮވިކަމަށް ހީކޮށް ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް ފުލުހަށް ގެންގޮސްފި

ލިޔުނީ: Unknown - Monday, September 3, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިއްޔެ ހެނދުނު ލ. ފޮނަދޫގައި ހުންނަ އެސްޓީއޯ 134 ނަންބަރު ފިހާރަ ދޮރުމަތިން ދުއްވާފައި ދިޔަ ފުލުސް ވެހިކަލެއްގައި ތިބި ފުލުހުންނަށް ބާޣީއަށް ގޮވިކަމަށް ބުނެ ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް އިބްރާހިމް މުޙައްމަދު (ވާޑް) ފުލުހަށް ގެންގޮސްފިއެވެ.
އިއްޔެ ހެނދުނު 9:40 ކަންހާއިރު އެސްޓީއޯ ފިހާރައިގައި ވަޒީފާ އަދާކުރަމުންގެންދާ އިބްރާހިމް މުޙައްމަދު (ވާޑް) އާއި އެތާނގެ ބައެއް ސްޓާފުން އެސްޓީއޯ ޗެކްޕޯސްޓް ކުރިމަތީ ހުންނަގޭ އަންހެނަކާއި ވާހަކަ ދައްކަން ތިއްބާ އެމަގުން ދުއްވާފައި ދިޔަ ޕޮލިސް ވެހިކަލެއް އެމީހުން ކައިރިޔަށް ގޮސް މަޑުކުރުމަށްފަހު ދެންމެ ބާޣީ އަށް ގޮވިން ނޫންހޭ ވާޑް ކައިރީ އެހުމަށްފަހު ފޮނަދޫ ޕޮލިސް އަށް ގެންދިޔައީކަމަށް އެތާނގައި ހުރި މީހަކު މަޢޫލޫމާތު ދިނެވެ. ނަމަވެސް އެތާނގައި ތިބި އެންމެންވެސް ބުނީ ވާޑް ފުލުހުންނޭ ކިޔައި ނުވަތަ ބާޣީއޭ ކިޔައި ނަންވެސް ނުގަންނަ ކަމަށެވެ.
"އަހަރުންތިބީ ހަފީޒާމެންގޭ (ވާޑް މެން ވާހަކަ ދައްކަންތިބި އަންހެންމީހާ) ގެންގުޅޭ ބޮންދެއް ގެއިން ނެރެލިވާހަކަ ދައްކަން. އެތާނގަ އެހެން ވާހަކައެއް ނުވެސް ދެކެވޭ." އެތާނގައި ތިބި އެސްޓީއޯ މުވައްޒަފުން ކިޔައިދިނެވެ. އެމީހުން ބުނީ ފުލުހުން އެހެން ދިޔަކަމެއްވެސް ނޭނގޭ ކަމަށާއި ކުއްލިއަކަށް ފެނުނީ ވެހިކަލް އަނބުރާލާފަ އައިސް މަޑުކޮށްލިތަން ކަމަށެވެ.
"ވެހިކަލް މަޑުކޮށްފަ އޭގެއިން ފޭބި ފުލުހުން ވާޑްއާ ދިމާއަށް ބުނީ ދެންމެ ބާޣީ އޭ ކިޔައި ގޮވިންނޫންހޭ. އެހެން ބުނީމަ ވާޑް ބުނީ ނުކިޔަމޭ. ޒުވާބެއްވެސް ނުކުރޭ. ހަމަ އެކަނި ނުކިޔާ ވާހަކަ ބުނީ. އެކަމަކު ވެހިކަލް އަށް އަރާށޭ ކިޔާފަ ގެންދިޔައީ."
މި ޙާދިޘާ ހިނގިއިރު އެތާނގައި ހުރި ހަފީޒާ އާއި ބައްދަލުކޮށް ވާހަކަ ދައްކާލުމުން އޭނާބުނީ އިބްރާހިމް މުޙައްމަދު (ވާޑް) އެފަދަ އެއްވެސް އެއްޗެކޭ ނުކިޔާކަމަށެވެ.
"އަހަރެންވެސް ފުލުހުން ކައިރީގަ ތިން ފަހަރަށް ބުނިން، ވާޑް ނުކިޔައޭ، ނުގޮވައޭ ބާޣީ އޭ ކިޔާފައެއް." ޕީޕީއެމް އަށް ސަޕޯޓްކުރާ ހަފީޒާ ކިޔައިދިނެވެ. "އެކަމަކު އެމީހުން އަޑެއް ނުއެހި. އަދި އަހަރެން ބުނިން ވާޑް ކިތަންމެ އެމްޑީއަސް ކަލޭމެންނަށް (ފުލުހުންނަށް) އެނގޭ ނޫންހޭ އަހަންނަކީ ކިހިނެތް ހުރި މީހެއްކަން. އެކަމަކުވެސް ވާޑް ނުކިޔަންޏާ ބުނެވޭނީ ނުކިޔައޭ ނޫންހޭވެސް ބުނިން."
އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސަކީ ފޮނަދޫ އެމްޑީޕީ ޙަރަކާތްތައް ހިނގުމުގައި ވަރަށް ހީވާގިކަމާ ފޯރިއާއެކު މަސައްކަތް ކުރަމުން އަންނަ އެކްޓިވިސްޓެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި ރަށުތެރޭގައި ވާހަކަ ދެކެވޭގޮތުން ފޮނަދޫ އެމްޑީޕީ ޙަރަކާތްތަކުގައި އިސްވެ އުޅޭ ފަރާތްތައް ފުލުހަށް ގެންދިއުމަށް ހަދާފައިވާ ލިސްޓެއް ފޮނަދޫ ޕޮލިސްގައި އޮންނަކަމަށް ވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން އިއްޔެ ހެނދުނު ފޮނަދޫ ޕޮލިސް އަށް ގެންދިޔަގޮތަށް އަދިވެސް ވާޑް ދޫކޮށްލާފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ފުލުހަކާ ދިމާއަށް ބާޣީއަށް ގޮވިކަމަށް ހީކޮށް ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް ފުލުހަށް ގެންގޮސްފި

  1. ނުބުނޭ ބާޣީSeptember 3, 2012 at 5:52 AM

    ހަމަ އަސްލުވެސް ވާޑް ނުކިޔާ އެހެން. އަހަރެން މީ އެތާ ހުރި މީހެއް

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް