ފަހުގެ ޚަބަރު


އިތުރަށް...

އަންނަ ހުކުރު ދުވަހު ގަން-ފޮނަދޫގައިވެސް މުޒާހަރާ ކުރުމަށް ރާވަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެ

ލިޔުނީ: Unknown - Thursday, September 27, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މާލެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހަދައި، އެމަނިކުފާނާ މެދު ޝަރީއަތްކުރުމަށް ތައްޔާރުވަމުން ދާތީ މިއަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އޮންނަ ބޮޑު މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ގަން-ފޮނަދޫގައިވެސް މުޒާހަރާކުރާ ގޮތަށް އެމްޑީ ފޮނަދޫ ދާއިރާ އާއި ގަމު ދާއިރާއިން ރާވަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިގޮތުން ހުކުރު ދުވަހު ހަވީރު ފަށާ މި މުޒާހަރާ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުން މާދަމާ ރޭ ގަމު ތުނޑީ ބަނދަރުގައި އޮންނަ ޖަލްސާއަށްފަހު އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެމްޑީޕީ އިސް ތިން ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވާ ޖަލްސާ މާދަމާރޭ ފެށޭނީ 8:30 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މު ޖަލްސާގައި ގަން-ފޮނަދޫގެ އެންމެހައި އެމްޑީޕީ މެންބަރުންނާއި ތާއިދުކުރާ ފަރާތްތަކުން ބައިވެރި ވުމަކީ ދެ ދާއިރާގެ އެދުމެއްކަމަށް ދެ ދާއިރާއިންވެސް ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުން ހުކުރު ދުވަހު ހަވީރު ގަން-ފޮނަދޫ ސަރަޙައްދުގައި މުޒާހަރާ ކުރިއަށްދާނީ ލޮރީބުރެއްވެސް ހިމެނޭ ގޮތަށެވެ. ރާއްޖޭގެ ހުރިހައި ހިސާބެއްގައި ބާއްވާ މި މުޒާހަރާ ގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދޭ އަދި ތާއީދުކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލައެވެ.

ރައީސް ނަޝީދާ މެދު ޝަރީއަތް ކުރާތީ އެމަނިކުފާނުގެ ލީގަލް ޓީމުގެ ފަރާތުން ހިސާން ހުސައިން އާއި ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ހަވީރު ވިދާޅުވީ އަބްދުﷲ ގަޒީގެ މައްސަލައިގެ ޝަރީއަތް މިއަންނަ މަހުގެ 1 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާ ކުރުމަށް ޗިޓް ފޮނުވާފައިވަނީ މިއަދު ކަމަށާއި، އެ ޗިޓުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ރައީސް ނަޝީދު ހުޅުމާލޭ ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for އަންނަ ހުކުރު ދުވަހު ގަން-ފޮނަދޫގައިވެސް މުޒާހަރާ ކުރުމަށް ރާވަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް