ލ. ގަމު ތުނޑީ މީހެއްގެ މައްޗަށް މަސްތުވާތަކެތީގެ ތަޙްޤީޤް ނިންމުމަށްފަހު
ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލަ ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ހަތް
މީހެއްގެ މައްސަލައިގެ ތަޙްޤީޤް ނިންމުމަށްފަހު ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހަށް ފޮނުވިއިރުއެވެ.
ފުލުހުންބުނީ އޮގަސްޓް މަހުގެ 26 އަދި 27 ވަނަ ދުވަހު ޕީޖީއަށް
ފޮނުވާފައިވަނީ ތަފާތު މައްސަލަތަކުގައި ހިމެނޭ ހަތް މީހެއްގެ މައްސަލަކަމުގައެވެ.
ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި 2008 ވަނަ އަހަރު މައްސަލަތައްވެސް
ހިމެނެއެވެ.
މިމައްސަލަތަކުގައި ހިމެނޭ މީހުންނަކީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު
ފުލުހުންގެ ހައްޔަރުކުރި ދަފްތަރު ނަންބަރު 75 ނަޒުމް އާދަމްއާއި ޖެނުއަރީ 30
ވަނަދުވަހު ހައްޔަރުކުރެވުނު ވ. ސެޓެލައިޓް، މުޙައްމަދު ނަޢީމްއާއި 2008
ފެބްރުއަރީ 21 ވަނަދުވަހު ހައްޔަރުކުރެވުނު ސ. މަރަދޫފޭދޫ ސެވެންއެންޑްބީ،
މުޙައްމަދު ޢަލީއާއި 2008 އޮކްޓޯބަރ 12 ވަނަދުވަހު ހައްޔަރުކުރެވުނު ހދ.
ކުޅުދުއްފުށި ލީބިޔާ، ޢަބްދުއްރަޙީމް ޢަލީއެވެ.
މީގެ އިތުރުން 09 ޑިސެމްބަރ 2011 ވަނަ ދުވަހު ހައްޔަރުކުރެވުނު ލ. ގަން ތުނޑި، ރަހީމީއާބާދު، ޢަބްދުލް މަންނާނު ޢަބްދުއްރަޙީމް އާއި 29 އޮކްޓޮބަރ 2011 ވަނަދުވަހު ހައްޔަރުކުރެވުނު ހއ. ބާރަށް ކާނޭޝަންވިއު، ޢަބްދުﷲ ފަސީޙް އާއި ގދ. ތިނަދޫ ފުލޫނިޔާގެ، އިބްރާހިމް ޢަފީފްގެ މައްސަލަވެސް ޕީޖީއަށް ފޮނުވާފައި ވާކަމަށް ފުލުހުން ބުނެއެވެ.
No comments: