ލ.ފޮނަދޫއިން ކަރަންޓް ކެނޑި ރައްޔިތުން ކަރަންޓަށް ޖެހިގެން މުހިންމު ބައެއް ހިދުމަތްތައް ހުއްޓާލައިފިއެވެ.
އެރަށުން ވާހަކަ ދެއްކި ކައުންސިލުގެ ޒިންމާދާރު އިސްވެރިޔާ އަހުމަދު ޔޫސުފް ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ކަރަންޓް ކެނޑިފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ 200 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު ހަލާކުވެގެންކަމަށެވެ.
ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންގެންދާ ފޮނަދޫން ކަރަންޓް ކެނޑިފައި އޮތުމާއެކު ބޭންކުގެ ހިދުމަތް ހުއްޓާލުމުގެ އިތުރުން ސިއްހީ ހިދުމަތް ވެސް މެދު ކަނޑާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. "ކަރަންޓް ނެތުމާއެކު ބޭންކުގެ މީހުން ވެސް ގަމަށް ބަދަލުވެއްޖެ. މިރަށަކުން މިހާރު ބޭންކުގެ ހިދުމަތެއްނުލިބޭ. ސިއްހީ ހިދުމަތްވެސް ވަނީ މެދު ކެނޑިފައި. ކަރަންޓް ނެތުމުން ހިދުމަތެއްނުދެވޭ. ނަސީބަކުން އިމެޖެންސީގައި ފަރުވާ ހޯދަން ޖެހޭ ފަދަ ކަމެއް ރަށުގައި ނުހިނގާ،" އޭނާ ވިދާޅުވިއެވެ. ސްކޫލްގައި ކިޔަވައިދެމުންދަނީ އެތަނުގައި ހުރި ޖަނަރޭޓަރެއް ބޭނުންކޮށްގެންކަމަށާއި އެ ޖަނަރޭޓަރުން ވެސް އެންމެ ފުރިހަމައަށް ސްކޫލަށް ކަރަންޓް ނުލިބޭކަމަށްވެއެވެ. ރަށު ރައްޔިތުން ރޭ އަނދިރީގައި ތިބި އިރު، ރަށު ކައުންސިލުގެ ދަށުން ހިންގަމުން އަންނަ އިންޖީނުގޭގައި ހަލާކުވެގެން ބޭނުންނުކުރެވިގެން ބަހައްޓާފާއިވާ ދެ ޖަނަރޭޓަރުގެ ތެރެއިން 300 ވޯޓުގެ ޖަނަރޭޓަރު ގަތުމަށް ފަހު ބޭނުންކުރީ އެންމެ ހަތަރު ވަރަކަށް މަސް ދުވަހުކަމަށް ވެއެވެ. 250 ވޯޓްގެ ޖަނަރޭޓަރެއްވެސް ހަލާކުވެފައި ހުރިކަމަށް އަހުމަދު ވިދާޅުވިއެވެ. ފޮނަދޫއިން ކަރަންޓް ދިއުމުގެ ސަބަބުން އެކަމާ އެރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ކަރަންޓް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓް ކެނޑި ރައްޔިތުން ރޭ އަނދިރީ ތިބި އިރު، ކަަރަންޓް މައްސަލަ ކުރިމަތިވެފައިވަނީ ފެނަކަ ކުންފުންޏާ ހަވާލުކުރުމަށް ކައުންސިލުން ނިންމާ އެކަން އަންގާފައިވަނިކޮށް ކަމަށްވެެއެވެ. "އޮޅުމެއްގެ ތެރޭގައި އުޅޭ ކަހަލަގޮތަކަށް މިކަންމިދަނީ. ޒިންމާވާނެ ބަޔަކު ނޭނގޭގޮތެއް ވެގެން އުޅޭހެން ހީވަނީ. ކައުންސިލުގެ ނިންމުމެއްގެ ދަށުންވަނީ މީގެ މަހެއްހާ ދުވަސްކުރިން އިންޖީނުގެ ފެނަކަ ކުންފުންޏާ ހަވާލު ކުރަން ނިންމާފައި. އެކަމަކު އެ މީހުންވެސް މާ ބޮޑު އަޅާލުމެއް އަޅާލަމުންދާކަމުގެ ނިޝާނެއްނެތް ފެންނާކަން،" އޭނާ ވިދާޅުވިއެވެ.

ޚަބަރު ނެގީ: ސީއެންއެމް އިން
No comments: