ރަންކުރި ހޯދުމަށް ޑޭޝް
އަށެއްގެ މަތިންދާބޯޓް މިއަދު ހަރަކާތްތެރިވި
|
މިދިޔަ
ހޯމަ ދުވަހުގެ ހަވީރު 4:30 ހާއިރު އިންޖީނު ހުއްޓުނު މިދޯނި ގެއްލިގެން
އުޅޭކަމުގެ މަޢުލޫމާތު ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ސަދަން
އޭރިއާއަށް ދިނުމާއި ގުޅިގެން އެދޯނި ހޯދުމުގެ މަސައްކަތް ކަނޑު
މަގުންނާއި ވައިގެ މަގުން އިއްޔެގެ އިރުއޮއްސުމާ ހަމައަށް
ވަނީ ކޮށްފައެވެ. މިގޮތުން ހޯމަ ދުވަހުގެރޭ 12:00 އިން ފެށިގެން އިއްޔެގެ
މެންދުރުފަހު 2:00 އާ ހަމައަށް ގއ.ކޫއްޑޫން ފެށިގެން އިރަށް 50 މޭލު އަދި
ކޫއްޑޫގެ އުތުރަށް 40 މޭލާއި ދެމެދުގެ ސަރަޙައްދެއް ކަނޑުގެ މަގުންނާއި
ވައިގެ މަގުން ބެލިފައިވާއިރު، ގ.ވިލިގިނލީ ބޭރުންވެސް ކަނޑުމަގުންނާއި
ވައިގެމަގުން ބޮޑުސަރަހައްދެއް އިއްޔެގެ އިރުއޮއްސުމާ ހަމައަށް
ބަލާފައިވެއެވެ.
އިއްޔެގެ
މެންދުރުފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް
ގއ.ވިލިގިނލީ ބޭރުން ގާތްގަނޑަކަށް 60 މޭލުގެ ސަރަހައްދެއް
ކަނޑުމަގުން ބެލިފައިވާއިރު، ވިލިނގިލީ ބޭރުން އުތުރާއި ދެކުނުން
ގާތްގަނޑަކަށް 50 މޭލުގެ ސަރަހައްދެއް ވައިގެ މަގުން ބަލާފައިވެއެވެ.
މިމަސައްކަތުގައި އިއްޔެ އެމްއެންޑީއެފް އެއަރ ވިންގުގެ ރެހެންދި
ހެލިކޮޕްޓަރާއި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވަނީ ހަރަކާތްތެރިވެފައެވެ.
ދިގުމިނުގައި
95 ފޫޓް ހުންނަ މިދޯނި ހޯދުމުގެ މަސައްކަތް މިއަދުވެސް ސިފައިން ވަނީ ފަށާފައެވެ.
މިގޮތުން މިއަދު
ހެނދުނު 7:30 ހާއިރު އައިލެންޑް އޭވިއޭޝަންގެ ޑޭޝް އަށެއްގެ މަތިންދާބޯޓެއްގެ އެހީގައި
އެސަރަޙައްދު ބަލާފައިވެއެވެ. އަދި މީގެ ކުޑައިރުކޮޅެއްކުރިން އެ ބޯޓްވަނީ އެނބުރި
މާލެ ގޮސްފައެވެ. ރެހެންދި ހެލިކޮޕްޓަރާއި ކޯސްޓްގާޑު ޝިޕް
ޝަހީދުޢަލީވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިދޯނިން ދަތުރުކުރީ ދެ ދިވެހިންނާއި
ދެ ބިދޭސީންނާއެކު ޖުމްލަ 4 މީހުން ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ
އެމްއެންޑީއެފް ސަދަން އޭރިއާއިން މައުލޫމާތު ދެއްވައެވެ.
No comments: