މިސްކިތް
ފަންޑުން މިހާތަނަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ މިސްކިތްތަކުގެ
މަރާމާތަށް ޚަރަދުކުރެވިފައިވާ ކަމަށާއި، އެފަންޑުން ވަރަށް އަވަހަށް
ދެރަށެއްގައި މުޅިން އައު ދެމިސްކިތް ބިނާކުރަން ފަށާނެކަމަށް މިނިސްޓްރީ
އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިސްކިތް ފަންޑުން ބިނާކުރާ ދެމިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ލ.ކުނަހަންދުއާއި ތ.ގާދިއްފުށީގައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިދެރަށަކީ މިސްކިތެއް ވަރަށް އަވަހަށް ބޭނުންވެފައިވާ ދެރަށް ކަމަށާއި، މިސްކިތް ފަންޑުން މިސްކިތް ބިނާކުރުމުގައި އިސްކަން ދެއްވަނީ މިސްކިތެއް ނެތް ރަށްރަށަށް ކަމަށެވެ.
މިސްކިތްތައް މަރާމާތުކުރުމަށް އާންމުންގެ ބައިވެރިވުން ހޯދުމުގެގޮތުން އިސްލާމިކް މިނިސްޓްރީން ހުޅުވާފައިވާ މިސްކިތް ފަންޑަށް މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިސްކިތްތައް މަރާމާތު ކުރުމަށާއި، ބައެއް މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް މިހާތަނަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މިފައިސާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ އަދަދެއްގެ މިސްކިތްތަކަށް ތަކެތި ހޯދުމަށް ޚަރަދުކުރެވުނު ކަމަށާއި، މީގެއިތުރުން މާލޭގައިހުރި މިސްކިތްތައް މަރާމާތު ކުރުމަށް ދެ ބުރަކަށް ބަހާލައިގެން ސިޓީ ކައުންސިލާއިވެސް ފައިސާ ހަވާލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި މިސްކިތްތައް ބިނާކުރުމަށް ސައުދީ ސަރުކާރުން ދެއްވަން ނިންމާފައިވާ 27 މިލިއަން ރުފިޔާއިން ބިނާކުރުމަށް ނިންމާފައިވާ ހަމިސްކިތް ބިނާކުރެވޭނެ ރަށްތައްވެސް ވަރަށް އަވަހަށް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މަރުޙަބާ އަދި ޝުކުރިއްޔާ
ReplyDeleteޝަހީމް ބަގާވާތް ކޮށްފަ ތަޢުބާ ވެއްޖައިންތަ
ReplyDelete