ހަމަ ގައިމުވެސް އެތަން ވެގެންދާނީ އަލިމަހަށް ނުވަތަ ޑައިމަންޑަށް ލޯބިކުރާ ފަރާތް ތަކަށް ވަރަށް އެކަށިގެންވާ ތަނަކަށެވެ. ސަބަބަކީ އެ ޕްލެނެޓް އުފެދިފައިވަނީ އަލިމަހުންނެވެ. އެކަމަކު މައްސަލައަކީ އެއީ ދުނިޔެއާއި ވަރަށް ދުރުގައިވާ ތަނެކެވެ. ވަޒަންވެރިވެ އުޅުވޭ ވަރަށްވުރެން މާބޮޑަށް ހޫނުގަދަ ތަނެކެވެ.
ސިފަކޮށްދެވޭތޯ މަސައްކަތް މިކުރަނީ ދާދިފަހުން ސައިންސްވެރިންނަށް ފެނިފައިވާ ޕްލެނެޓެއްގެ ވާހަކައެވެ. މިއީ ދުނިޔެ ހިމެނިފައިވާ ސޯލާ ސިސްޓަމް ނޫން އެހެން ސޯލާ ސިސްޓަމެއްގައި ހިމެނޭ ޕެލެނެޓެކެވެ.
"ފަންސާސް ފަސް ކާންކެރާ އޭ" ގެ ނަމުން
ނަންދީފައިވާ މި ޕްލެނެޓް ފެނުނީ ފަލަކީ ޢިލްމުވެރިންގެ ޓީމަކުން ވަރަށް ދިގު
މުއްދަތަކަށް ހޯދި ހޯދުންތަކަށް ފަހުގަ އެވެ. އިންޑީޔާއާއި ދުނިޔޭގެ މީޑީއާ
ރިޕޯޓްތައް ބުނާގޮތުން މި ޕްލެނެޓް ފެނިފައިވަނީ އިންޑިއާ އަށް އުފަން ފަލަކީ
ޢިލްމުވެރިއަކަށެވެ. ޔޭލް ޔުނިވަރސިޓީ ގެ ޕޯސްޓްދޮކްޓޯރަލް ރިސަރޗަރެއް ކަމަށްވާ
ނިއްކޫ މަދޫސުދަން އަށެވެ.
މަދޫސުދަން މި ރޮކީ (ހިލައާއި މަޢުދަން އެކުލެވޭ)
ޕްލެނެޓަށް ކިޔަނީ 'ސުޕަރ އާތު' އެވެ. ސަބަބަކީ އެ ޕްލެނެޓަކީ ދުނިޔޭގެ ބޮޑުމިނަށް
ވުރެން ދެގުނަ އިތުރު އަދި ދުނިޔޭގެ ބަރުދަނަށް ވުރެން އަށް ގުނަ އިތުރު
ޕްލެނެޓެކެވެ.
މި ޕްލެނެޓް ހޯދި ޓީމުގެ ވެރިއަކަށް ހުންނެވީ
ޔޭލް ޔުނިވަސިޓީގެ ރީސާޗަރެއް ކަމަށްވާ ޕްރޮފެސާ ނިކޯމެޑްހެސޯޑަން އެވެ. އޭނާ
ވިދާޅުވި ގޮތުގައި އަލިމަހުގެ މިޕްލެނެޓް ދަތުރުކުރަމުންދަނީ ބިމާ، 40 އަލި
އަހަރުގެ ދުރުމިނުގައިވާ އޯބިޓެއްގަ އެވެ. މިއޯބިޓްގައި މި ޕްލެނެޓް އެނބުރެމުން
ދަނީ ތަރިއެއް (އެހެން ސޯލާ ސިސްޓަމެއްގެ އިރު)ގެ ވަށައިގެން ކަމަށާއި
ކޮންމެ 18 ގަޑިއިރަކުން އެއްފަހަރު މިޕްލެނެޓް އެތަރީގެ ވަށައިގެން ބުރެއްޖަހާ
ކަމަށް ވެސް ފަލަކީ ޢިލްމުވެރިންގެ މިޓީމުން ބުނެ އެވެ. ތަރިއަކާ މިހާގާތުގައި
ބުރުޖަހަމުން ގެންދާތީ މިޕްލެނެޓްގެ ފިނިހޫނުމިން ހުންނަނީ 1648 ޑިގްރީ ސެލްސިއަސް
އާއި 2150 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ މިންވަރެއްގައި ކަމަށް ވެސް ފަލަކީ
އިލްމުވެރިންގެ ޓީމުން ހާމަކޮށްފައިވެ އެވެ.
ބިމަށް ވުރެ ދެގުނަ ބޮޑު މިޕްލެނެޓްގެ ޖިއޮލޮޖީގެ
ބޮޑުބަޔަކީ (ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި) ޑައިމަންޑް (އަލިމަސް) ކަން
ފަލަކީ ޢިލްމުވެރިންގެ މި ޓީމުންވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންކަމުން
މިޕްލެނެޓްގެ ބަރުދަން (އޭގެ މާސް)، ބިމަށް ވުރެ އަށް ގުނަ އިތުރުކަމަށް ވެސް މި
ޓީމުންބުނެ އެވެ.
އަލިމަހަކީ ކަރބަންގެ ވައްތަރެއްކަމުން
މިޕްލެނެޓްގައި ހިމެނޭ އަލިމަސް އުފެދިފައި ވަނީ ވަރަށް ވަރުގަދަ ޕްރެޝަރެއްގެ
ތެރެއިން އެކުލެވިފައިވާ ކާރބަން އިންކަމަށްވެ އެވެ. އަލިމަހުގެ އިތުރުން
މިޕްލެނެޓްގެ ޖިއޮލޮޖީ އެކުލެވިގެން ވަނީ ގްރަފައިޓް އާއި ދަގަނޑާއި ސިލިކަން
ކާބައިޑް އިން ކަމަށްވެ އެވެ.
ގްރެފައިޓަކީ ވެސް ކާރބަންގެ ވައްތަރެކެވެ.
މިޕްލެނެޓްގެ ސަތަޙް ނުވަތަ ކްރަސްޓް އެކުލެވިގެން ވަނީ އަލިމަހާއި ގްރަފައިޓުން
ކަމަށާއި ފެނާއި ގްރެނައިޓް މިޕެލެނެޓްގެ ސަތަހުގައި ނެތްކަމަށް ވެސް ފަލަކީ
ޢިލްމުވެރިން ބުނެ އެވެ.
(މަސްދަރުތައް: ބޭރުގެ ނޫސްއެޖެންސީތަކާއި ސަން
އޮންލައިން)
No comments: