ގްރީންޕީސް އިން މިހާރު ރާއްޖެއައިސް އުޅޭ އެ ޖަމިއްޔާގެ
ދިރާސާ ބޯޓު ކަމަށްވާ "ރެއިންބޯ ވޮރިއާ" އިއްޔެ ހަވީރު
ލ. މާންދޫގައި ބަނދަރުކޮށްފި އެވެ.
"ރެއިންބޯ ވޮރިއާ" އިންގެ ރާއްޖޭގެ
އިގްތިސާދީ ސަރަހައްދުގައި (އީއީޒެޑް)ގެ ތެރޭގައި ވަގަށް މަސްވެރިކަން ކުރާ
މިންވަރު ބެލުމަށް ރާއްޖޭގެ ކޯސްޓްގާޑާ ގުޅިގެން ޕްރޮގްރާމެއް ކުރިއަށް އެބަ
ގެންދެއެވެ.
ގްރީންޕީސް
ގެ ބޯޓް ލ. އަތޮޅުގައި ހޭދަކުރާ ދުވަސްތަކުގައި ކަޅުބިލަމަހުގެ މަސްވެރިކަމާ ބެހޭ ސެމިނާއެއް
ބޭއްވުމަށް ނިންމާފައި ވެއެވެ. އެގޮތުން މިއަދު އެ ޕްރޮގްރާމް ބޭއްވާފައި ވާކަމަށް
މަޢުލޫމާތު ލިބެއެވެ. މި ސެމިނާގައި އިންޑަސްޓްރީގެ ފަރާތްތަކާއި ހިލޭ ސާބަހަށް
މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކާއި ކަމާ ބެހޭ ތަޖުރިބާކާރުން ބައިވެރިވި އެވެ.
އަދި
ގަމު އިހައްދޫ ސްކޫލާއި ހަމަދު ސްކޫލްގެ 150 ވަރަކަށް ދަރިވަރުންނަށް
"ރެއިންބޯ ވޮރިއާ" ބަލާލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ގްރީންޕީސް
ޖަމާޢަތުން ބުނެއެވެ.
ގްރީންޕީސް އިން ރާއްޖެއައިސް އުޅެނީ ދެމެހެއްޓެނިވި
ގޮތަކަށް ކުރާ މަސްވެރިކަން ޕްރޮމޯޓް ކުރުމަށާއި ތިމާވެއްޓާ ގާތްގޮތަކަށް ކުރާ މަސްވެރިކަމެއް ޕްރޮމޯޓްކުރުމުގެ ގޮތުން
ނެވެ.
ގްރީންޕީސް ބޯޓްގެ ދަތުރު ރާއްޖޭގައި ވިލަރެސް
ކުރައްވަމުން ގެންދަވާ އިންޓަރ ނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ހިންގާ
ސެކްރެޓަރީ އާތިފް ޝަކޫރު ވިދާޅުވީ ރެއިންބޯ ވޯރިއާ ގެ ދަތުރަކީ ރާއްޖޭގެ
ތާރީޚްގައި ފާހަގަ ކޮށްލެވޭ ދަތުރެއް ކަމަށެވެ.
No comments: