ފަހުގެ ޚަބަރު


އިތުރަށް...

ލ.ގަމު ތުނޑީ އަވަށު ތޮށިމައްޗަށް ލައްވި ދޯންޏަކާއި ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް ފުލުހުން އެހީތެރިވެދީފި

ލިޔުނީ: Unknown - Thursday, November 8, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމު ތުނޑީ އަވަށު ތޮށިމައްޗަށް ލައްވި މޮފާ 292 ނަމަކަށް ކިޔާ ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ 19:40 ހާއިރު ތ. ތިމަރަފުށީގައި ދުއްވާ “މޮފާ 292 ދޯނި ލ. ގަމު ތުނޑީ އަވަށުގެ ބަނދަރަށް ވަންނަށް އުޅެނިކޮށް ކަނޑު ގަދަވުމުގެ ސަބަބުން ލައްވި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިިބުމާއެކު ފުލުހުންނާއި ޢާންމުން ގުޅިގެން އެދޯންޏާއި ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.


މިހާދިސާގައި ދޯނީގައި ހުރި މީހެއްގެ ބޯފަޅައިގެން ދިއުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާއަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވިފައި ވެއެވެ.


މި ދޯނި ގަން ތުނޑީ ބަނދަރަށް އެހެލައި ދޯންޏަށް ލިބިފައިވާ ގެއްލުންތައް މިހާރު ދަނީ މަރާމާތް ކުރަމުންނެވެ. މި ދޯންޏާއި ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް ގަން ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުހުން ފާހަގަކޮށް ދޯނީގެ ކެޕްޓަން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް