ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
(އެމްޑީޕީ) ސަރުކާރުން ލ. ފޮނަދޫގައި ޤާއިމުކުރި ނަރުދަމާ ނިޒާމު ބޭނުން ކޮށްގެން ފޮނަދޫ
ރައްޔިތުން ފެލައިލާ އެ ރައްޔިތުންގެ ލޭ ބުއިމަށް ބާޣީން ތައްޔާރުވެއްޖެ އެވެ.
ޕީޕީއެމް އިން ކޮންޓްރޯލްކުރާ ބާޣީ މުޙައްމަދު
ވަހީދު ޙަސަންމަނިކުގެ ފެނަކަ ކުންފުނިން މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު
ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ފޮނަދޫގައި ޤާއިމުކުރެވިފައިވާ ނަރުދަމާ
ނިޒާމާއި ގޭގެއާއި އެހެނިހެން ތަންތަނުގައި މިހާރު ބޭނުންކުރެވެމުންދާ ނަރުދަމާ
ހޮޅިތައް ގެތަކަށް ގުޅުމުގެ މަސައްކަތް މި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހު
ފެށުމަށް ހަމަޖެހިފައި ވާކަމަށާއި ޚިދުމަތް ގުޅައިދިނުމަށް 2400 ރުފިޔާ
ނެގުމާއިއެކު މަހު ފީގެ ގޮތުގައި 200 ރުފިޔާ އާއި 400 ރުފިޔާ އާއި ދެމެދުގެ އަގެއް
މަހު ފީގެ ގޮތުގައި ނެގުމަށް ނިންމާފައި ވާކަމަށެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ނަރުދަމާ
ޚިދުމަތަކީ ޚިދުމަތް ބޭނުންކުރާ ކޮންމެ ތަނަކުންވެސް ޚިދުމަތް ގުޅައިދިނުމުގެ
އަގަކާއި ކޮންމެ މަހެއްގައިވެސް މަހުފީއެއް ނެގޭގޮތަށް ގުޅައިދެވޭ ޚިދުމަތެއް
ކަމުގައެވެ. އެގޮތުން ގޭގޭގައި މިހާރު ބޭނުންކުރާ ނަރުދަމާ ހޮޅިތައް ގުޅުމަށް
އިތުރު ޖަންކްޝަނެއް ބަހައްޓައި ކެޗްޕިޓާއި ގުޅުވުމަށް ދައްކަންޖެހެނީ ޖުމުލަ 2400
ރުފިޔާ ކަމަށާއި އެ ފައިސާ ނެގުމަށް ހަމަޖެހިފައިވަނީ 48 މަސްދުވަހުގެ މުއްދަތަށް
ބަހާލައިގެން މަހަކު 50 ރުފިޔާ ދައްކަންޖެހޭ ގޮތަށް ކަމަށެވެ.
ބާޣީ ސަރުކާރުގެ ފެނަކަ ކުންފުނިން ބުނެފައިވަނީ
ނަރުދަމާ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން މި ޑިސެމްބަރު މަހުގެ 10 ގެ
ކުރިން ޚިދުމަތަށް އެދޭ ފޯމު ފުރައި ފެނަކަ އޮފީހަށް ހުށައަޅަން ޖެހޭނެ ކަމަށެވެ.
ފޮނަދޫގައި ތިބި ހޭވެރިކަމެއް ނެތް މަޢުމޫނީ
ވިސްނުމާއި (ގޮޅާބޯގެ ކޮށި ވިސްނުމާއި) ޕީޕީއެމް އަށް ހަބޭހަށް ތާއިދުކޮށް
ކަނުވެފައި ތިބި ޢާއްމުންނާއި ފުލުހުންނާއި ސިފައިގެ ބޭކަލުންނާއި ބޭކަނބަލުން
އަދިވެސް ހެއި އަރަން ނުވޭތޯއެވެ. ނުވަތަ ފޮނަދޫގައި ޕީޕީއެމް އިން ބޭއްވި
ޖަލްސާއެއްގައި " ....ފޮނަދޫގައި އޭރު ކަރަންޓެއްވެސް ނޯވޭ... "
ކޮންމްވެސް ބޭފުޅަކު ވިދާޅުވުމުން 'އަތްތިލަބަޑި ޖެހިގޮތަށް' މިއަދުވެސް
ހެވިލާފައި ނަރުދަމާ ޚިދުމަތް މިގޮތަށްވެސް ހޯދުމަށް ރުހި ޤަބޫލު ވާނީ ތޯއްޗެކެވެ.

No comments: