ފަހުގެ ޚަބަރު


އިތުރަށް...

ލ. މާބައިދޫ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

ލިޔުނީ: Unknown - Friday, April 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސާމިޔާ އެންމެ ފަހުން ފެނިފައިވަނީ މިމަހު 24 ވަނަ ދުވަހުގެރޭ - ފޮޓޯ: އެމްޕީއެސް
ލ. މާބައިދޫ، ކަންމަތީގެ، ޢާއިޝަތު ސާމިޔާ ދިޔަ ވަކިތަނެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯރޓް ކުރުމާ ގުޅިގެން މީނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ޢާއިޝަތު ސާމިޔާ، ދިރިއުޅޭގެއިން ނުކުތީ 2013 އެޕްރީލް 24 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ކަމަށާއި މީނާ އެންމެފަހުން ފެނުނު އިރު ލައިގެންހުރިކަމަށް މަޢުލޫމާތު ލިބިފައިވަނީ ޗޮކްލެޓް ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ޓައިޓެއްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހުރިކަމަށް ވަނީ ކަޅުކުލައިގެ ބުރުގާއެއް އަޅައިގެންނެވެ
.
ޢާއިޝަތު ސާމިޔާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަންގަވައި ދެއްވުމަށް ފުލުހުން އެދެއެވެ. އަދި ޕޮލިސް ސްޓޭޝަން ނެތްރަށެއްނަމަ އެރަށެއްގެ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް މި ސާރވިސްއަށް އެންގެވުން އެދެއެވެ.

ފޯނުންނަމަ ގުޅުއްވާނީ 3322111 / 9631696 އަށެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ admin@police.gov.mv އަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް