ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

އެއްހާސް އަހަރު – ނުވަވަނަ ބައި

ލިޔުނީ: Unknown - Thursday, September 12, 2013 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ކޮންތާކަށް އަހަރެން ތި ގެންދަނީ؟" މާނޭވާ ލަމުން ބިޝާރާ ސުވާލުކުރިއެވެ. ޔަރަސް އަޅާވެސް ނުލައެވެ. ރުއްގަނޑުތެރެއިން ބިޝާރާ ދަމަމުން ދިޔައީ ރުއްގަނޑުތެރެއިން ގަމުގެ މުުކުރިމަގާ ވީކޮޅަށެވެ. ވަކި ހިސާބަކަށް ދެވުމުން މަޑުކޮށްލިއެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ މާނޭވާ ލަމުން ދިޔައެވެ.

"ޕްލީޒް ބުނެބަލަ އަހަރެން ތި ގެންދާ ތަނެއް؟" ކުރިއަށްވުރެން ބޮޑަށް މާނޭވާލަމުން އަނެއްކާވެސް ބިޝާރާ ސުވާލުކުރިއެވެ.

"ބޮޑުފެންގަނޑު އޮންނަ ސަރަޙައްދަށް." ޔަރަސް އިތުރު ތަފްޞީލެއް ނުދެއެވެ. ތަފްޞީލަކަށް އެދުނަސް ނުދޭނެކަން ބިޝާރާއަށް އެނގެއެވެ. އިރުކޮޅެއް ވާންދެން ބިޝާރާގެ މޫނަށް ބަލަން ޔަރަސް ހުއްޓެވެ. ބިޝާރާގެ އަތަށް ލަތްކެއް ޖަހާ ދަމައިގަތެވެ. ލިބުނު ސިހުމާއިއެކު ބިޝާރާގެ ބެލެންސް ކަޓައިގެންގޮސް ޔަރަސްގެ ގައިމައްޗަށް ވެއްޓުނެވެ.

"ކިހާބޮޑު ބަލާއެއް. ކޮންމެހެން މަގޭގައިގަ ތަތްވެގެން އޮންނަން އުޅޭނެ ކަމެއް ނެތް" ބިޝާރާގެ ދެއަތުގެ މުލައްދަނޑީގައި ހިފާ ނަގަމުން ދުރަށް ކޮށްޕާލިއެވެ.

"އަމިއްލަ ދެފައި މައްޗަށް ކޮޅަށް ހުރެބަލަ!" ހިތްހަމަނުޖެހިފައި ހުރެ ޔަރަސް ރުޅިގަނޑު ބޭލިއެވެ.

ޔަރަސް ދެކެނީ އިންސާނުންނަކީ ތުރާ ދޭ ބައެއް ކަމަށެވެ. ކަންނެތް އަދި އަވަހާ ވަރުބަލިވާ، ތަތް ބައެއްގެ ގޮތުގައެވެ. ކިތަންމެ އަނދިރި ނަމަވެސް ޔަރަސް އަށް ތަނެއްގައި އަޅައިނުގަނެ ފަސޭހަކަމާއިއެކު ހިނގުމަކީ އެއްވެސް ކަމެއް ނޫނެނެވެ. އެހެނަސް ބިޝާރާ އަބަދު އޮންނަނީ ގަހެއްގެ މުލެއް ނުވަތަ ފަނެއް ނުވަތަ މީދާކޭ އުނބެއް (ކޮއްވެއް) ގައި އަޅައިގަނެ ވެއްޓެންދާ ހިސާބުގައެވެ. އެކަމުގެ ސަބަބުން ޔަރަސް ކިތަންމެ ބާރަށް ހިނގިޔަސް ބިޝާރާއަށް ހިނގޭގޮތެއް ނުވެއެވެ. އަނެއްކާވެސް ޔަރަސް ހުއްޓެމުން ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. މިފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފެންނާކަށް ނެތެވެ.

" މިއީ ކަލޭ ޖަހައިގަނެގެން ގެންދަނީކީ ނޫން، އެހެންވީމަ އެގޮތަށް ކުރެވޭ ކުށްހީ ސިކުނޑިން އެއްކައިރިކޮށްލާ ހަމަ މިހާރު."

"ކަލެޔަށް އެނގޭތަ ތިހާ ބާރަށް މަގޭ އަތުގައި ހިފައިގެން ހުރީމަ މަށަށް ތަދުވާނޭ! ނޭނގޭދޯ އެކަމެއް؟

"ކީއްވެ ތިހެން ތި އެހީ؟

"ސަބަބަކީ ތީ ވެމްޕަޔާއެއްކަން. ކަލޭ ހަނދާން އެބަހުރިތަ އިންސާނެއްގެ ގޮތުގައި އުޅުނު ދުވަސްވަރުގެ ހަނދާން؟ ނެތް ދޯ؟ ކިހާ ދުވަހެއްވެއްޖެ ކަލޭ ވެމްޕަޔަރެއްގެ ގޮތުގަ-."

"އަނގަ މަޑުންލައިގެން ހުރޭ!" ބިޝާރާ އަނގަތަޅަން ފެށުމުން އެކަން ހުއްޓުވިއެވެ. ޔަރަސް ކުރަން ބޭނުންވާ ޝިކާރައަކާއި އަނގަތަޅާ އުޅުމަކީ އޭނާ ކޮށް އުޅޭ ކަމެއް ނޫނެވެ.

"އަނގަ ނުތަޅާ ހުރޭ! އެހެން ނޫނީ ކަލޭ މަރާލަން ޖެހިދާނެ!!"

ބިޝާރާ ޔަރަސްގެ އަތުތެރެއިން ދެމިގަތުމަށް މަސައްކަތް ކުރިއެވެ. އަނެއްކާވެސް އޭނާ ރޯން ފެށިއެވެ. ވަށައިގެންވަނީ އަނދިރި ކަމެވެ. އައިކޮޅަށް ބަލައިލިއެވެ. އެކައްޗެއްވެސް ފެންނާކަށް ނެތެވެ. ފަޅުކަމާއި އަނދިރިކަމެވެ. ނާމާން ކަމެވެ. މަގުމަތިން ނުވަތަ މީހުން އުޅޭ ހިސާބުން އަލިކަންފުޅެއްވެސް ފެންނާކަށް ނެތެވެ. އެ ރެއޔަކީ އުޑުމަތި ބަނަ އަނދިރި ރެއެކެވެ. އެމީހުންނަށް ތިބެވުނީ ކިހާ ހިސާބެއްގައި ކަމެއް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. ބިޝާރާގެ މާޔޫސީކަން ޔަރަސް އަށް އިޙްސާސް ކުރެވުނެވެ. ޔަރަސް ހުރީ ކެތްމަދުވެފައެވެ. އަތުގައި ޖެހިފައިވާ ޝިކާރައަށް އިންސާފުކުރުމަށެވެ. ހާންތިކަން އިންތިހާއެވެ. ނަމަވެސް ޖަންގަލީގެ އެހާ ހިސާބަށް ބިޝާރާ ގެންދިޔަ ސަބަބާއި މެދު ވިސްނާލެވުނެވެ. އޭނާ ބޭނުންވަނީ ބިޝާރާގެ ލޭ ޓެސްޓް ކުރާށެވެ. އޭނާގެ އަޅެއްގެ ގޮތުގައި ގެންގުޅުމަށް އެކަށޭނަ ލެޔެއް ހުރި އިންސާނެއްތޯ ބަލާށެވެ. ދާއިމީ ގޮތަކަށް އޭނާގެ ހާންތިކަން ފިލުވައިދެވޭފަދަ ޤާބިލުކަމެއް ހުރި ލެޔެއްތޯ ބަލާށެވެ.

ޔަރަސް ހުއްޓުނެވެ. ބިޝާރާގެ އަތުން ދޫކޮށްލިއެވެ. ބިޝާރާގެ އަތަށް ތަދުވާވަރުން އަނެއް އަތުން އަތުގައި ފިރުމަން ފެށިއެވެ. ބިޝާރާ ޔަރަސް އަށް ކަޅިއަޅަމުން ދިޔައެވެ. އޭރު އުޑުމައްޗަށް ބަނަކޮށްފައިވާ ވިލާތައް ކޮންމެވެސް ވަރަކަށް ކެހިގެންގޮސް އުޑުމަތި ސާފުވަމުން ދެއެވެ. ހަނދުވަރުގެ އަލިކަން ކޮންމެވެސް ވަރަކަށް ދޭން ފަށައިފިއެވެ. އެވަރުން ވަށައިގެންވާ މާހައުލާއި އޭނާގެ ކުރިމަތީގައި އިންސާނެއްގެ ސިފައިގައި ހުރި ބިރުވެރި ހައިވާނުގެ ސޫރަ ފެންނަވަރު ވެއެވެ. އޭރު ޔަރަސްވެސް ހުރީ ބިޝާރާއާއި ދިމާއަށް ކަޅި އަޅައިގެންނެވެ. އޭނާ އަށް ވަގުތެއް ނެތެވެ. ކުރަން ބޭނުންވާ ބައިވަރު ސުވާލުތައް އެބަހުއްޓެވެ. ޔަރަސް ވާހަކަދައްކަން ފެށިއެވެ. ބިޝާރާ އެއްޗެކޭ ބުނާނެ ދަނޑިވަޅެއް ނުދެއެވެ.

"އަހަރުމެންނަށް މިތަނަށް މި އާދެވުނީ."

"ކޮން-."

"މިކަން ފެށުނު ހިސާބަށް! މި ހިސާބުން އަހަރެން ކަލޭ ދޫކޮށްލާނަން. ކަލޭ ފިލަންޏާ ފިލަން ނުވަތަ މީހުން އުޅޭ ހިސާބަސް ދަންޏާ އެ ހިސާބަކަށް ދިއުމަށް. އެކަމަކު ތިންގަޑި އިރު ފަހުން، ބަރާބަރު ތިންގަޑި އިރު ފަހުން އަހަރެން ކަލޭ ފަހަތުން ދާނަން. އިރު އެރުމުގެ ކުރިން އަހަންނަށް ކަލޭ ނުފެނިއްޖެއްޔާ ކަލޭ މިނިވަން ވީ." ޔަރަސް ކުރަން އުޅޭ ކަމަކާއި މެދު ވިސްނަމުން ބިޝާރާއަށް ފަހަތަށް ޖެހިލެވުނެވެ. ޔަރަސް ބޭނުންވަނީ އޭނާ ޝިކާރަ ކުރާށެވެ. ފަހަތުން ދުވެ ޝިކާރަ ކުރާށެވެ.

"އެކަމަކު އަނދިރިކަން އޮއްވާ ވަލުތެރެއިން އަހަންނަށް ކަލޭ ފެނިއްޖެއްޔާ ކަލެޔަކީ މަގޭ މިލްކެއް!!"

ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for އެއްހާސް އަހަރު – ނުވަވަނަ ބައި

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް