
އެމެރިކާއިން މިހެން ބުނެފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އިއްޔެ އާއްމު ކުރި "އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް"ގަ އެވެ.
Remarks on the Release of the International Religious Freedom Report
އެ ރިޕޯޓްގައި ބުނެފައި ވަނީ ދީނީ މިނިވަންކަމުގެ ހައްގަށް އިހުތިރާމް ކުރުމަށާއި އިހުތިޔާރުކުރާ ދީނަކަށް އުޅުމުގެ ހައްގު ކުރިއެރުވުމަށް، ސްރީލަންކާގައި ހުންނަ (ރާއްޖެއާއި ސްރީލަންކާއަށް އެކްރެޑިޓްކޮށްފައިވާ) އެމެރިކާގެ އެމްބަސީން ދިވެހި ސަރުކާރަށް ބާރުއަޅާފައިވާނެ ކަމަށެވެ.
ދީނީ ގޮތުން ހައްދުފަހަނަ އެޅުމަށް ގޮވޭ ގޮވުންތައް މަދުކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި އެމެރިކާ އެމްބަސީން ބައިވެރިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
"ޓޮލެރެންސް [ތަފާތު ވިސްނުންތަކަށް ޖާގަދިނުން] ކުރިއެރުވުމަށާއި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ގޮވައިލުންތަކާއި އެހެން ދީންތަކަށް އިހުތިރާމް ނުކުރުމުގެ ވާހަކަތައް މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ވެސް އެމްބަސީން ބައިވެރިވެ އެވެ،" ރިޕޯޓްގައިވެ އެވެ.
ރާއްޖޭގެ ވެރިކަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބަދަލުވި ފަހުން ކުރިއަށް ވުރެ ހަރުކަށި އިސްލާމީ އުސޫލަކަށް އަމަލުކުރަން ބާރުއަޅަމުން އަންނަ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ވެސް އެމެރިކާގެ ރިޕޯޓްގައިވެ އެވެ.
"ދީނީ މިނިވަންކަން ނަގައިލުމާއި ދީނީގޮތުން ތަފާތު ވިސްނުންތަކަށް ޖާގަ ނުދިނުމާއި ދީނީ މިނިވަންކަމަށް ސަރުކާރުން ހުރަސް އެޅުމާއި ކުރިއަށް ވުރެ ހަރުކަށި އިސްލާމީ އުސޫލަކަށް ބާރު އަޅާ ކަމުގެ ރިޕޯޓްތައް، ހާއްސަކޮށް ފެބްރުއަރީ މަރު ސަރުކާރު ބަދަލުވިފަހުން އިތުރުވެފައި ވެއެވެ،" ރިޕޯޓްގައިވެ އެވެ.
އިޕޯޓްގައި އަދި ބުނެފައި ވަނީ ދީނީ ގޮތުން ރުޅިވެރި ގޮވައިލުންތައް ސިޔާސީ ކަންކަމުގައި ބޭނުންކުރުން އިތުރުވެފައިވާ ކަމުގެ ރިޕޯޓްތައް އިތުރުވެފައިވާ ކަމަށާއި ނަސޯރާ ދީނާއި ޔަހޫދީ ދީނަށް ފުރައްސާރަކުރުމުގެ ވާހަކަތައް އޭގެ ސަބަބުން ދެކެވޭ ކަމަށެވެ.
އިސްލާމްދީން ނޫން އެހެންދީނަކަށް އުޅުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ހުއްދަ ކުރާކަމެއް ނޫންކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެގޮތުން އެމެރިކާއަށް ގިނަ ފައިދާތަކެއް ވާގޮތަށް ސްޓޭޓަސް އޮފް ފޯސް (ސޯފާ) އެގްރިމެންޓެއްގައި ރާއްޖެއާ އެކު ސޮރިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ. އަދި އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ގިނަ ޓްރޭނިން ޕްރޮގްރާމްތަކެއް ވެސް ވަނީ ހިންގާފަ އެވެ.
މަސްދަރު: ސަން އޮންލައިން
No comments: