އެގޮތުން އިއްޔެ ހެނދުނު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ނުގެންދެވުމަށް އެންމެ ބޮޑަށް ހުރަސް އެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުލް ރަހީމް އަބުދުﷲ (އަދުރޭ) އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ)އަށް ރޭ ބޭއްވި ޖަލްސާގައި ވަނީ އަނިޔާވެފައެވެ.
ޝިފާޤުގެ އަތް ހަލާކުވެ އަތުން ލޭ އަންނަތަން ފެނިފައިވާއިރު އަބުދުލް ރަހީމް އަބުދުﷲ އަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަނެއް ލިބިގެން ރޭ މި ދެބޭފުޅުންނަށްވެސް އޭޑީކޭގައި ފަރުވާ ދީފައިވެއެވެ.
އަބްދުއް ރަހީމަށް ހަމަލަދިނީ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ކަމަށް ވިލިމާފަންނު ދާއިރާގެ ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މަޖިލީހުން ނުކުންނެވީ އަބްދުލް ރަޙީމާއި ސަލާމް ކުރައްވާފައިވާ ކަމަށާއި އޭނާ މޭޒުމަތިން ފުއްމާލަން މަސައްކަތް ކުރުމުން ސަލާމަތް ކުރެއްވީވެސް ނާޒިމް ކަމަށެވެ.
No comments: