![]() |
ލ. ގަމު އިރުމަތީފަރާތު އަތިރިމަތިން ފެނުނު ގަބުރު - ފޮޓޯ: ޝޯސަލް މީޑިއާ |
މި ގަބުރު ފެނިފައިވަނީ ރަށުގެ އިރުމަތީ ފަރާތު ގޮނޑު ދޮށުންނެވެ. ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައިވާ ގަބުރަކީ ފިރިހެނެއްގެ ގަބުރެއްކަމަށް މަޢުލޫމާތު ލިބެއެވެ. ގަމު މަތިމަރަދޫ ކައުންސިލް މެންބަރަކު ވިދާޅުވީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނީ މިއަދު ފަތިހު މޫދަށް އެރިއުޅުނު މީހަކަށް ކަމަށާއި ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ބޮލާއި އަތް ނެތް ކަމަށެވެ.
ލ.ގަމު މަތިމަރަދޫ އިރުމަތީފަރާތު ގޮނޑުދޮށުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަން ފުލުހުންވެސް މިއަދުވަނީ ކަށަވަރުކޮށްދެއްވާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:15 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.
މި ގަބުރު ފެނިފައިވަނީ މިއަދު ހެނދުނު 6 ޖަހާ ކަންހާއިރު ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
No comments: