މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑީއާރްޕީގެ 12 ކައުންސިލް މެމްބަރަކު އެމްޑީޕީއަށް، 3 މެމްބަރަކު ޕީޕީއެމަށް އަދި 8 މެމްބަރަކު ވަކި ކޮޅަކަށް ނުޖެހުމަށް ނިންމާފައިވެއެވެ.
ފުރަތަމަ ބުރުގައި ރައީސް މުހައްމަދު ވަހީދާ އެކު ނުކުތް ޑީއާރުޕީގެ ކައުންސިލުން މި ގޮތަށް ނިންމީ 12 މެމްބަރުންގެ ވޯޓުންނެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވިގޮތުގައި ވަކި ކޮޅަކަށް ނުޖެހޭ އަށް މެމްބަރުން ތިބި އިރު ޕީޕީއެމަށް ތާއީދުކުރުމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ. އަހުމަދު ވިދާޅުވިގޮތުގައި އޭނާ ގުޅިވަޑައިގަންނަވާނީ ޕީޕީއެމްގެ ކެމްޕެއިނާ އެވެ.
ނަޝީދުގެ ލީޑަޝިޕްގައި ޑީއާރުޕީން އެމްޑީޕީއާ ކޯލިޝަން ހަދާ ނަމަ ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާދެއްވާނެ ކަމަށް ލީޑަރު ތަސްމީން އަލީ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ކައުންސިލްގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ތަސްމީން ނުސީދާ ގޮތަކަށް ވިދާޅުވީ ކުރިން ވިދާޅުވި ބަހުގައި ހިފެހެއްޓުމަށް ވުރެ މުހިއްމީ ގައުމީ މަސްލަހަތާ އެކު ކުރިއަށް ދިއުން ކަމަށެވެ. ނޫސްވެރިން ސުވާލުކުރުމުގެ ފުރުސަތެއް އޭނާ ނުދެއްވި އެވެ.
ޑީއާރްޕީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމްވަނީ ކަށަވަރުކޮށްދެއްވާފައެވެ.









No comments: