ޢުމުރުން 17 އަހަރުގެ އިބްރާހިމް ހަސީބު ލ. އިސްދޫ، ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައި އެކަމަށް އިޢުލާނުކޮށްފައިވަނީ މިމަހުގެ 27 ވަނަދުވަހުއެވެ.
މި އޮކްޓޫބަރު މަހުގެ 27 ވަނަދުވަހުގެ 06:50 ހާއިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދަނީ ލ.އިސްދޫ، ގުލްފާމުގެ، އިބްރާހީމް ޙަސީބު އެވެ.
އިބްރާހީމް ޙަސީބު އެންމެ ފަހުން ފެނިފައިވަނީ ތާޖުއްދީން ސްކޫލް ކައިރިންކަމަށް ފުލުހުން ބުނެއެވެ.
އިބްރާހީމް ޙަސީބު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކަމަށާއި ޙަސީބަކީ ފަން، ތުނި އިސްތަށިގަނޑެއް ހުންނަ ހަށިގަނޑުން ހިކިކޮށް އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތުދެއެވެ.
އިބްރާހީމް ޙަސީބު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ހިއްސާކުރެއްވުން އެދެމެވެ.
No comments: