ޢަބްދުއްރަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތާއެކު އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަމަށާއި، ޤާނޫނު އަސާސީއާއި ޑިމޮކްރަސީ ނެގެހެއްޓުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ޑީއާރްޕީއާއި އެމްޑީޕީގެ އެންމެހައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަޙީމް އެމްޑީޕީއަށް ގުޅިވަޑައިގެންނެވުމުން، އެކަމަށް އެމްޑީޕީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކުވަނީ އެމްޑީޕީގެ އެންމެހައި މެމްބަރުންގެ ފަރާތުން އޭނާއަށް މަރުޚަބާ ވިދާޅުވެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، މޫސަ ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަޙީމް އެމްޑީޕީއަށް ގުޅިވަޑައިގަތުމާއެކު މިހާރު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ އަދަދު 34 އަރާފައިވާކަމަށެވެ.
އަދި ޑީއާރްޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރުންނާއެކު މިހާރު އެމްޑީޕީއަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފައިވާކަމަށާއި، މިކަމުގެ ސަބަބުން، މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކުރުމުގައި ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެކަމަށެވެ.
No comments: