ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

އެއްހާސް އަހަރު – އެގާރަވަނަ ބައި

ލިޔުނީ: Unknown - Friday, October 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
'އެ ވެމްޕަޔާ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންބާވައެވެ. އަހަރެން ދެކެ އެވަރުގެ ގަދަ ރުޅީއެއް އަންނަންވީ އޭނާއަށް އަހަރެން ކޮން ގޯނާއެއް ކޮށްގެން ހެއްޔެވެ؟' ހިތަށް ވެރިވަމުންދިޔަ ސުވާލުތައް އަޑުއިވޭވަރަށް ކިޔަމުން
ދިޔައެވެ. އޭނާ އިނީ ނުހަނު އެކަނިވެރިވެފަ އެވެ. ފިނިވެ، ހީކަރުވާފައެވެ. އިންތިހާއަށް ބަނޑުހައިވެފަ އެވެ. އަޅާލާނެ އެއްވެސް މީހަކު ނެތެވެ. ޢާއިލާއެއް، ގެއެއް ނެތެވެ. އެކައްޗެއްވެސް ނެތެވެ.

ބައެއް މީހުން އަމިއްލައަށް މަރުވެއޭވެސް އޭނާގެ ހިތަށް އަރަންފެށި އެވެ. އެކަމަކު ބިޝާރާ މަރުވާކަށް ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ދިރިއުޅޭށެވެ. ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދު އޭނާ އަބަދުވެސް ކުރެއެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށެވެ. ތާއަބަދު އޭނާގެ މަންމަ ހަނދާންކޮށްދިން ފަދައިން ދުވަހަކުވެސް ކަމެއްގައި އުއްމީދު ނަގައިނުލުމަކީ އޭނާގެ ޢަޒުމެކެވެ. އޭނާގެ މަންމަ ދަސްކޮށްދީފައިވަނީ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ ވެލިފޮޅާލާފައި އެއަށްވުރެ އަވަހަށް ތެދުވުމަށެވެ. އޭނާގެ މަންމަ އޭނާއާއިމެދު ފުރިހަމައަށް އިތުބާރު ކުރިއެވެ. ދެވަނަ އެހެންމީހެއް އޭނާއަށް އިތުބާރުކޮށް އޭނާއަށް ކަމެއް ޙާޞިލުވެދާނެކަމަށް އުއްމީދުކޮށްފައެެއް ނުވެއެވެ. ނަސީބެކޭ ހިތަށް އެރިއެވެ. ހިންދީ ފިލްމުތަކުން ދައްކާފަދައިން މަރުވުމަށްފަހު ރޫޙުތައް ދުނިޔޭގައި ނޫޅޭކަމެވެ. އެހެން ނޫންނަމަ މިއަދު ބިޝާރާއަށް ޖެހިފައިވާ ޙާލު ފެނިފައި އޭނާގެ މަންމަގެ ރޫހް ކިހާ ދެރައެއްވާނެ ހެއްޔެވެ. އެއްވެސް މަޔަކަށް، އެމައިމީހާގެ ހުރި ހަމައެކަނި ދަރިފުޅު ދިރިހުއްޓާ ރޮލާކާ އެއްޗެއް އައިސް ކާލާތަން ބަލަން ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

ބިޝާރާ އަނެއްކާވެސް އުޑުމައްޗަށް ބަލައިލިއެވެ. ހަނދު ކުރިންހުރި ހިސާބުން ކެހިލައިފިކަން އެނގުނެވެ. އެހާ ގިނައިރުވާންދެން އެތާނގައި އޭނާއަށް އިނދެވުނީބާއޭ ހިތަށްއެރި އެވެ. ވަގުތު ހޭދަވިވަރެއް ހިސާބުހަދާލެވޭތޯ ބެލިއެވެ. 'ގައިމުވެސް އުދަރެހުން ފަސްވަރަކަށް ދަރަޖަ ޖެހިލައިފިއެވެ. ތިންސަތޭކަ ފަސްދޮޅަސް ސައުވީހަކުން ގެއްލީމާވާނީ..... ފަނަރަ. އާނ. އޭރުންވާނީ ފަނަރަ.' ހިސާބަކީ އަބަދުވެސް ބިޝާރާއަށް ފަސޭހަ މާއްދާއެކެވެ. 'ފަނަރަ ގުނަ ސައުވީސް ވީމާ ވާނީ ... ވާނީ އެއްގަޑި އިރާއި ބައި.' އޭނާއަކީ ކުޑަކޮށް ބޯހަމަނުޖެހޭ މީހެއްކަން ޚުދް އޭނާ ދަނެއެވެ. އެކަމަކު އޭނާއަކީ އުނިކަމެއް ހުންނަ މީހެއްހެނެއް ހިޔެއްނުވެ އެވެ. އޭނާއަކީ ނުލާހިކު ރީތި ކުއްޖެކެވެ. އެހެނަސް މީހާގެ ރީތިކަމަކީވެސް އަނެކުންނަށް ފާހަގަކުރެވުމަށް ވަގުތު ދެވިގެން ނޫނީ ފާހަގަ ނުވާނެކަމެއްކަން އޭނާގެ ސްކޫލުން ކުރެވުނު ތަޖުރިބާއިން ބިޝާރާއަށް ވަނީ ދަސްވެފައެވެ.

'އެއްގަޑިއިރާއި ބައި! އަހަރެންގެ ނާކާމިޔާބު ދިރިއުޅުމާއިމެދު ވިސްނަން ލިބުނުވަގުތުގެ ދެބައިކުޅައެއްބައި މި ހޭދަކޮށްލެވުނީ ކީއްކުރަންހެއްޔެވެ! އަހަންނަށް ހިނދުކޮޅަކަށްވެސް މަޑުކުރެވޭކަށް ނެތެވެ.' ބިޝާރާ ހިތާހިތާ ކިޔާލިއެވެ. ނަމަވެސް ބިޝާރާ ދުއްވައިގަތުމަށް ދެފައިމައްޗަށް ތެދުވެވުނުއިރު އޭނާއާއި ނުހަނު ކައިރިން ވިނަގަނޑުގެ ތެރެއިން އަޑެއް އިވިއްޖެ އެވެ. 'ޝިޓް!، މިހާ ހާމަކަންބޮޑު ތަނެއްގައި އަހަރެން މި މަޑުކުރީ ކީއްކުރަންހެއްޔެވެ؟' ބިޝާރާ ދުއްވައިގަންނަން ބޭނުންވިއެވެ. އެކަމަކު އެއްކޮށް ގަނޑުވެގެން ކަހަލަ ގޮތަކަށް މަޑުން ހުރިއެވެ. އަނެއްކާވެސް ވިނަގަނޑުތެރެއިން ފަތްތައް މުގުރެމުންދާއަޑު އިވެންފެށި އެވެ. ހަޅޭއްލަވައިގަންނަން ހިތަށް އެރިއެވެ. ޖަނަވާރެއްނަމަ ހަޅޭކުގެ އަޑަށް ދުރަށްދާނެކަން އެނގެއެވެ. އެކަމަކު ވިނަގަނޑުގެ ތެރޭގައި ހުރީ ވޭމްޕަޔާ ނަމަ އޭނާގެ ދުވަސްދާނެކަންވެސް އޭނާއަށް އެނގެއެވެ.
"ހެލޯ؟" ބިޝާރާގެ އަޑުގައިވާ ބަލިކަށިކަން އެނގިފައި ޤަބޫލުކުރަންވެސް ދަތިވިއެވެ.
އެއްވެސް ހިލަމެއްނުވި އެވެ. އިރުކޮޅެއްވަންދެން ނޭވާ ހިފަހައްޓާލައިގެން ހުރުމަށްފަހު އަނެއްކާވެސް ގޮވާލިއެވެ. އެވަގުތު ހުދުކުލައިގެ ބުޅަލެއް އެތަނުން ނުކުމެގެންގޮސް ތަންކޮޅެއް ވިނަ މަދުކޮށް އޮތްތަނަކަށްގޮސް މަޑުކޮށްލިއެވެ. ހަމައެކަނި މަޑުކޮށްލީކީ ނޫނެވެ. ހަނދުވަރުގެ އަލިކަމުގެ ސަބަބުން އެ ބުޅަލުގެ ދިއްލިފައިވާ ދެލޯ ބޮޑުކޮށްގެން ބިޝާރާއަށް ބަލަންފެށި އެވެ. ބުޅާ ފެނުމުން ބިޝާރާ ހަމަޖެހުމުގެ ނޭވައެއްލި އެވެ. ހެއްދެވި ފަރާތަށް ޝުކުރުވެރިކަން ވެވުނުހިނދު ދެލޮލުން ކަރުނަހިލިގެން ފައިބަންފެށި އެވެ. ހަމައެއާއިއެކު އެ ބުޅަލާއި ވާހަކަދައްކަން ފެށިއެވެ. "އާދޭ މިކޮޅަށް. ބުސްބުސްބުސް. ބުޅަލާ ބުސްބުސްބުސް. އާދެބަލަ މިކޮޅަށް. މަށެއް ނޫޅެމޭ ކަލެޔަށް އަނިޔާކުރާކަށް."
ބުޅާ އިންޗިއެއްހާތަން ކުރިއަށް ޖެހިލިއެވެ. އެސޮރުވެސް އޮތީ ބިޝާރާއެކޭ އެއްވަރަށް ބިރުގެންފަ އެވެ. ކުއްލިއަކަށް ބުޅާ ފަހަތަށް ޖެހިލިއެވެ. ބިޝާރާއަށް މިވީގޮތެއް ނޭނގުނެވެ. އޭނާ ކުޑަތަންކޮޅެއްވެސް ކުރިއަކަށް ނުޖެހެއެވެ. ކުއްލިއަކަށް ބިޝާރާއަށް ވިސްނިއްޖެއެވެ. ބިޝާރާގެ ފުރަގަހުގައި ކޮންމެވެސް އެއްޗެއް ހުރީކަން ގައިމެވެ.

ބިޝާރާއަށް ގުޑިލާންވެސް ނޭނގުނެވެ. 'ފުރަގަހުގައި ހުރީ އަނެއްކާ ޖިންނިއެއް ނޫންބާވައެވެ؟ ނޫނެކެވެ. ތަނަކުން ހަމަ މީހަކު ފެންނައިރަށް ޖިންނިއެއް ނާންނާނެއެވެ. އެސޮރުމެން އެގޮތަށް ފާވާނީ އެސޮރުމެންނަށް ގޯނާއެއް ކުރީމައެވެ. ފަހަރުގައި ހަންޑިއަކަށްވެސް ވެދާނެއެވެ. ނޫނީ ބަޑިއެދުރަށްވެސް ވެދާނެއެވެ. އެވެސް ގައިމު އުޅޭ އެއްޗެއްކަމަށް ކިޔާއެއްޗެކެވެ. ވޭމްޕަޔާ އަކީ އުޅޭއެއްޗަކަށްވާއިރު ހަންޑިއާއި ހާމުންޑި، ޖިންނިއާއި ބަޑިއެދުރުވެސް އުޅޭނެތާއެވެ.' ބިޝާރާގެ ހިތަށްއަރާ ފައިބަމުންދިޔަ ހުރިހައި އެއްޗެއް ގަނޑުވިކަހަލައެވެ. ފުރަގަހުން އެ އިވުނީ އެއްޗެއްގެ ކުކުރުމެއްގެ އަޑެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލައިލިއެވެ.

ފަސްއެނބުރި ބަލައިލުމާއިއެކު ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. ނަމަވެސް އެއީ އޭނާ ބޭނުންނުވިޔަސް ކުރިމަތިލާން ޖެހިދާނެ ދަނޑިވަޅެއްކަން އެނގެއެވެ. އެހެނަސް އޭނާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ.

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުކުރުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފުޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.
ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް