ފަހުގެ ޚަބަރު


އިތުރަށް...

ވޯޓު ނަގާ ގަޑި 07 ޖަހާއިރަށް އަވަސް ކޮށްފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, November 7, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ފަށާ ގަޑި ހެނދުނު 7:00 އަވަސް ކޮށް ނިންމާ ގަޑި 3:30 އަށް އިލެކްޝަންސް ކޮމިޝަނުން އަވަސްކޮށްފި އެވެ.

09 ނޮވެމްބަރ ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ 10 ނޮވެމްބަރ ވާ އާދިއްތަ ދުވަހު ކުރިޔަށްގެންދާ އިންތިހާބުގައި ވޯޓު ނެގުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ހެނދުނު 7:30 ގައި ވޯޓުލުން ފަށައިގެން ހަވީރު 4:00 ގައި ވޯޓުލުން ނިންމާ ގޮތަށެވެ. ރާއްޖޭގައި ވޯޓުލާ ވަގުތުތަކަށް ބަދަލު ގެނެސްފައިވީ ނަމަވެސް ރާއްޖެއިން ބޭރުގައި ވޯޓު ލުން ފަށާ ގަޑިއަށް އަދި އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށި ތަކުގެ ތެރެއިން އިންޑިއާ އާއި ސްރީލަންކާގައި ގައި ވޯޓު ލުން ފެށުމަށް ހަމަޖެހިފައިވަނީ އެޤައުމުތަކުގެ ގަޑިން ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ނިމޭނީ ހަވީރު 4:30 ގަ އެވެ. މެލޭޝިއާ އާއި ސިންގަޕޫރުގައި ވޯޓުލުން ފެށޭނީ އެޤައުމުތަކުގެ ގަޑިން ހެނދުނު 10:30 ގައެވެ. އެ ދެޤައުމުގައި ވޯޓު ލުން ނިންމާނީ އެ ރޭ 7:00 ގަ އެވެ.

މީގެ އިތުރުން ލަންޑަންގައި ވޯޓު ލުން ފެށުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 9:00 ގަ އެވެ. ލަންޑަންގައި ވޯޓު ލުން ނިންމާނީ އެ ގައުމުގެ ގަޑިން ހަވީރު 5:30 ގައެވެ. މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 239،105 އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް